ކުރިއަށް އޮތް ސައިކޮލޮޖިކަލް ތުރިލާ "ހައިވާން" ގައި ފުރަތަމަ ފަހަރަށް ސައިފް އަލީ ޚާނާއެކު މަސައްކަތް ކުރުމަށްފަހު، މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަން ވަނީ ސައިފަށް ވަރަށް ބޮޑަށް ސަނާ ކިޔާފައެވެ. މި ފިލްމުގައި ސައިފް ފެނިގެންދާނީ ލޯފަން މީހެއްގެ ތަފާތު ރޯލަކުންނެވެ.
ޕިންކްވިލާއަށް ދިން ބަސްދީގަތުމެއްގައި ޕްރިޔަދަރުޝަން ފާހަގަކުރި ގޮތުގައި، ސައިފަކީ ކަންކަން އޮޅުންފިލުވުމަށް ގިނަ ސުވާލުތަކެއް ކުރި ނަމަވެސް، ޑައިރެކްޓަރުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ ފަންނާނެކެވެ. "މަސައްކަތް ފެށިތާ ދެ ދުވަހެއްގެ ތެރޭގައި އޭނާ ސުވާލުކުރުން ހުއްޓާލި. ސަބަބު އެހުމުން ބުނީ ޑައިރެކްޓަރު ބޭނުންވާ ތަޞައްވުރު މިހާރު ވަރަށް ސާފުވެއްޖެ ކަމަށް. މީގެ ސަބަބުން އަހަރެމެން ދެމީހުންގެ މެދުގައި އޮތް އިތުބާރު އިތުރަށް ވަރުގަދަވެގެންދިޔަ،" ޕްރިޔަދަރުޝަން ކިޔައިދިނެވެ.
ސައިފްގެ އާދަޔާޚިލާފު ސިފަތަކަށް އަލިއަޅުވާލަމުން ޑައިރެކްޓަރު ބުނީ، އޭނާއަކީ މަސައްކަތަށް ނުހަނު ފަރުވާތެރި މީހެއް ކަމަށެވެ. "މި ޒަމާނުގައި ފެންނަން އުނދަގޫ ސިފައެއް ސައިފްގެ ކިބައިން ފެނުނު. ޝޫޓިންގ މެދުކަނޑާލާ ވަގުތުތަކުގައި ފޯނާ ކުޅުމުގެ ބަދަލުގައި އޭނާ އަބަދުވެސް އިންނަނީ ފޮތް ކިޔަން. އޭނާއަކީ ދުނިޔޭގެ އެކި މައުޟޫޢުތަކަށް ވަރަށް ބޮޑަށް ހޭލުންތެރި، މައުލޫމާތު މުއްސަނދި މީހެއް،" އޭނާ އިތުރަށް ބުންޏެވެ.
މީގެ އިތުރުން، ސައިފްގެ ބައްޕަ ނަވާބް ޕަޓައުޑީއަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން، ސައިފާ އެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޕްރިޔަދަރުޝަން ފާހަގަކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި ސައިފަކީ ޑައިރެކްޓަރުގެ ބަސްއަހާ، މަސައްކަތް ފަސޭހަކޮށްދޭ އެކްޓަރެކެވެ.
"ހައިވާން" ގެ ފޯރިގަދަ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު، މި ފިލްމުން ސައިފާއެކު އަކްޝޭ ކުމާރުވެސް ފެނިގެންދާނެއެވެ. މިއީ 2008 ވަނަ އަހަރު ރިލީޒްކުރި "ތަޝަން" އަށްފަހު މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު