"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ އާއިލާއަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ޒިޔާރަތްކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ނާފިއުގެ އާއިލާއާ ބައްދަލުކުރައްވައި، އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސީޕީ ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނާފިއުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެ، ފުލުހުންގެ މުއައްސަސާ އާއި ސަރުކާރު އާއިލާއާއެކު އޮތްކަމުގެ ޔަގީންކަން މިނިސްޓަރާއި ސީޕީ ވަނީ ދެއްވާފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މި ހާދިސާ ހިނގި ވަގުތުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ދުއާކުރައްވާ ކަމަށާއި، މި މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ފުންމިނަށް ތިރިވެވެން ނެތުމުން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ސާޖަންޓް ނާފިއުއަކީ ނަމޫނާ އަދި އަމާނާތްތެރި އޮފިސަރެއް ކަމަށާއި، އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ. މީގެ އިތުރުން ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ތިލަފުށިން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް "ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާގައި، ސާޖަންޓް ނާފިއުގެ އިތުރުން ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އާއި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު ވެސް ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލާފައެވެ. އަދި ރޭދުވާލު މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން މިއަދުގެ ނިޔަލަށް މުޅި ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު