ދިވެހި މުޖުތަމަޢު ބިނާކުރުމުގައާއި، ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ބާރުއަޅުއްވައިފިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ޤައުމީ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކޮށް، ޤައުމު ބިނާކުރުމުގައި އާ ހިތްވަރަކާއެކު ކުރިއަށް ދާންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޤައުމީ ދުވަހަކީ މާޒީއާއި މިއަދުގެ ޙާލަތު މުރާޖަޢާކޮށް، މާދަމާގެ އުޖާލާ މުސްތަޤްބަލަށް ތައްޔާރުވާންވީ ދުވަސް ކަމުގައި ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާޒީ ބަންޑާރައިންނަށް ދިވެހިން ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން، އެ ރަދުންނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ޤައުމިއްޔަތު ދިރުވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، މާޒީގެ ފަޚުރުވެރި ތާރީޚަކީ މިއަދުގެ ޒުވާނުންގެ ހިތްތަކުގައި ޖޯޝާއި ހިތްވަރު އުފައްދައިދޭނެ ކަމެއް ކަމަށެވެ. އަދި ޤައުމީ ސިފަތައް އަށަގެންފައިވާ ޒުވާނުންނަކީ މުސްތަޤްބަލުގެ ޔަޤީންކަން ކަމުގައިވެސް ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، ޤައުމީ ދުވަސް ފާހަގަކުރާއިރު މާޒީގެ ޙަޤީޤަތްތަކުން ޢިބްރަތް ލިބިގަތުމަށާއި، ޤައުމީ ސިޔާދަތު ދިފާޢުކޮށް ނެގެހެއްޓުމުގެ ވިސްނުން އަބަދުވެސް އިސްކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު