ތިލަދުންމަތީ އުތުރުބުރީ އުތީމުގެ ތަރައްގީއާ ގުޅުންހުރި ކަންކަން ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ އެމަނިކުފާނު އުތީމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިއްޔެ އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އުތީމު ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީގެ މުހިންމު ބޭނުންތަކާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށުގެ ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރާކަން ހާމަކުރައްވާފައެވެ. މީގެއިތުރުން، ސްޓޭޓް ހައުސްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވައި، ރަށުގެ ފުޓްސަލް ދަނޑާއި، ވޮލީ ކޯޓު އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އަދި ހަމައެއާއެކު، އުތީމު ސިއްހީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުންނާއި، މުވައްޒަފުންގެ ދަތިކަމުގެ ސަބަބުން ދިމާވާ ދަތިތައް ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށާއި، ޖުމްލަ ގޮތެއްގައި ހުރިހާ ކަމަކަށް ވެސް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު