އުޅަނދުފަހަރަށް ގެއްލުންދޭ ކަމަށް ފާހަގަކުރެވިފައިވާ އޯކާ (ކިލަރ ވޭލް) އައިލާގެ އެންމެ އިސް މައި އަޮކާރ ކަމަށްވާ "ޓޯނިއާ"
އުޅަނދުފަހަރަށް ގެއްލުންދޭ ކަމަށް ފާހަގަކުރެވިފައިވާ އޯކާ (ކިލަރ ވޭލް) އައިލާގެ އެންމެ އިސް މައި އަޮކާރ ކަމަށްވާ "ޓޯނިއާ"
އައިބީރިއަން ޕެނިންސިއުލާގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ގެއްލުންދޭ ކަމަށް ފާހަގަކުރެވިފައިވާ އޯކާ (ކިލަރ ވޭލް) އައިލާގެ އެންމެ އިސް މައި އަޮކާރ ކަމަށްވާ "ޓޯނިއާ" ގެ ހަށިގަނޑުން ބަޑީގެ ވަޒަން އަރާފައިވާ ކަމަށް ބެލެވޭ ޒަހަމްތަކެއް ފެނުމާ ގުޅިގެން، ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން ފަށައިފިއެވެ.

ސްޕެއިންގެ އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ އޯކާ އާއިލާގެ އެންމެ ދުވަސްވީ "ޓޯނިއާ" ސްޓްރެއިޓް އޮފް ޖިބްރޯލްޓާއިން ފެނުނުއިރު، އޭގެ ބުރަކަށީގެ ފިންގަނޑަށް ވަނީ ޕެލެޓް ބަޑިއަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. 'އެލް ޕައިސް' ނޫހަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބައެއް ވަޒަންތައް އަދިވެސް ފިންގަނޑުގެ އެތެރޭގައި ހުރުމުގެ ސަބަބުން، އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ޒަހަމްތައް ފާހަގަކުރެވުނީ ޕޯޗުގަލްގެ ފާރޯ ސިޓީ ކައިރިން އެ އޯކާރ ތަށް ދަތުރުކުރުމަށް ފަހު ކަމަށްވާތީ، ސްޕެއިނާއި ޕޯޗުގަލްގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އައިބީރިއަން އޯކާތަކުގެ އާދަޔާ ހިލާފު ހަރަކާތްތައް ދުނިޔޭގެ ސަމާލުކަމަށް އައީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އުޅަނދުފަހަރުގެ ހުންގާނުގައި ޖެހުމާއި، ބޯޓުފަހަރު އެނބުރުވައި އަރިކޮށްލުން ފަދަ ކަންކަން ހިމެނެއެވެ. އަދި މި އާއިލާގެ މަދު އޯކާތަކެއްގެ މިފަދަ ހަރަކާތްތަކުގެ ސަބަބުން ގިނަ އުޅަނދުތަކަކަށް ގެއްލުންވެ، މަދުވެގެން ހަތަރު އުޅަނދެއް އަޑިއަށް ގޮސްފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

ސައިންސްވެރިން ދަނީ މި އަމަލުތައް މެދުވެރިވާ ސަބަބު ހޯދުމަށް ދިރާސާ ކުރަމުންނެވެ.އެހެންނަމަވެސް، މިއީ އޯކާތައް ބޯޓުފަހަރަށް ދޭ "ހަމަލާއެއް" ކަމަށް ބުނާ ވާހަކަތަކަށް ސައިންސްވެރިން އެއްބަހެއް ނުވެއެވެ. އެ ފަރާތްތަކުން ބުރަވަނީ މިއީ އެ އޯކާރ ތަށް ކުޅިވަރެއްގެ ގޮތުގައި ނުވަތަ ޝިކާރަކުރުމުގެ ހުނަރު ދަސްކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ޓޯނިއާއަށް އަނިޔާވެފައިވާކަން އެނގުނު ހިސާބުން ފެށިގެން، 'ވީވޭލް' އާއި 'އައިބީރިއަން އޯކާ ގާޑިއަންސް' (އައި.އޯ.ޖީ) އިން ދަނީ އެ އޯކާރ ތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އައި.އޯ.ޖީ ގެ ކޯ-ފައުންޑަރ ޖަނެކް އަންދްރޭ ވިދާޅުވީ، ޓޯނިއާއަކީ އެ ޖަމިއްޔާއަށް ވަރަށް ފަރިތަ އޯކާރ އެއް ކަމަށާއި، މީގެ ހަފުތާތަކެއް ކުރިން ފެނުނުއި

ރު އެއްވެސް ޒަހަމެއް ނެތް ކަމަށެވެ.

"މި އާއިލާގެ އެންމެ އިސް މެންބަރު މިފަދަ ހާލަތެއްގައި ފެނުމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަވެރި ކަމެއް. މިއީ ހަމައެކަނި ޖަނަވާރަކަށް ދިން އަނިޔާއެއް ނޫން؛ ނެތިދިއުމުގެ ބިރު ހީވެފައިވާ ނާޒުކު އާބާދީއަކަށް ގަސްދުގައި ދިން ބޮޑު ހަމަލާއެއް،" އަންދްރޭ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުހިންމު ކަނޑުގެ މަގުތަކުގައި ދިރިއުޅޭ މި އޯކާ އާބާދީއަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ކާނާގެ ދަތިކަމާއި، ތިމާވެށި ތަޣައްޔަރުވުމުގެ އިތުރުން ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު މި އާބާދީގައި ބާކީ ތިބީ އެންމެ 30 އާއި 40 އާ ދެމެދުގެ އަދަދެކެވެ. 2023 ވަނަ އަހަރު އާންމުވި ވީޑިއޯއަކުން ވެސް ފެންނަ ގޮތުގައި، އޯކާތައް ކައިރިވުމުން ބައެއް އުޅަނދުތަކުން ވަނީ ކަނޑަށް ބަޑިބޭސް (ފަޔަރކްރެކާސް) އުކާފައެވެ. މިއީ ކަނޑުދަތުރުކުރާ ބައެއް ފަރާތްތަކުން މި އޯކާރ އާއި މެދު އަނިޔާވެރި ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމުގެ ހެއްކެކެވެ.

"އައިބީރިއަން އޯކާތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އެކި ޚިޔާލުތައް އެބަހުރި. އެ އޯކާރ ތަކުގެ އަމަލުތައް ކޮންމެ ގޮތަކަށް މާނަކުރި ނަމަވެސް، އެ އެއްޗެއްސަށް ބަޑިޖަހައި ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މި އޯރކާރ ތަކަށް މިވަގުތު ބޭނުންވަނީ ހިމާޔަތާއި ރައްކާތެރިކަން، ބަދަލުހިފުމެއް ނޫން،" އަންދްރޭ އިތުރަށް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު