ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ދިނުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި ބިލު ފާސްކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ވޯޓު ދެއްވާފައެވެ.
މި އިސްލާހުގެ އެންމެ މުހިންމު އެއް މަގްސަދަކީ ރާއްޖެއަށް ކުނި އެތެރެކުރުން މުޅިން ހުއްޓުވުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން އަދި ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއަށް ކުނި އެތެރެކުރެވެއެވެ. ނަމަވެސް، މިއަދު ފާސްކުރި އިސްލާހާއެކު ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުން މުޅިން މަނާވާނެއެވެ.
މީގެ އިތުރުން، އާންމުންނަށް ބޮޑު ލުޔެއް ދިނުމުގެ ގޮތުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީން ދައުލަތަށް ލިބޭ އާމްދަނީއަށް އުނިކަމެއް އަންނާނެއެވެ.
ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 18 ޑިސެމްބަރު 2022 ގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށް 2،011،421 (ދެ މިލިއަން އެގާރަ ހާސް ހަތަރުސަތޭކަ އެކާވީސް) ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މި ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތްކުރުން މި ބިލުން ވަނީ ލާޒިމްކޮށްފައެވެ.
މިބިލު ހުށައެޅުއްވި މެންބަރު އިބްރާހީމް ޝިފާޒް ވިދާޅުވީ، މި ގެނެވުނު އިސްލާހުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ޤާނޫނު ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު