މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "މާލެ ޓެކްސީ ލައިން" ގެ މޮބައިލް އެޕްލިކޭޝަންގެ ޑޭޓާބޭސްއިން މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން ވަނީ އެތެރޭގެ ތަހުގީގުން ކަށަވަރުވެފައެވެ. އެހެންކަމުން، މި މައްސަލަ އިތުރަށް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ކުންފުނި ދެމިއޮންނާނެއެވެ. އަދި ދިވެހި ސަރުކާރާއި، ހިއްސާދާރުންގެ އިތުރުން ވިޔަފާރީގެ ބައިވެރިންނާއި ކަސްޓަމަރުން އެމްޓީސީސީއަށް ކުރަމުންދާ އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ފެށިގެން ދިޔަ މާލެ ޓެކްސީ ލައިންގެ ޚިދުމަތަށް ރައްޔިތުންނާއި ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރަމުން އެމްޓީސީސީން ބުނީ، ރާއްޖޭގެ ދަތުރުފަތުރުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކަނޑައެޅިފައިވާ ހެޔޮ އަގުގައި، ވީހާވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު