ބޮލީވުޑްގެ ކާމިޔާބު ތަރި ރަންވީރު ސިންގްގެ ކުރިއަށް އޮތް ބޮޑު ޕްރޮޖެކްޓް ކަމަށްވާ، ޒޮމްބީ އެކްޝަން ތުރިލާ ފިލްމު "ޕްރަލޭ"ގެ ޝޫޓިން މިއަދު މުމްބާއީގައި ރަސްމީކޮށް ފަށައިފިއެވެ. ތާރީޚީ ކާމިޔާބީއެއް ހޯދި ފިލްމު "ދުރަންދަރް 2: ދަ ރިވެންޖް" އަށް ފަހު، ރަންވީރު މި ފަހަރު ފެނިގެންދާނީ އޭނާ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ތަފާތު ޖޯންރާއަކުންނެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅު، ޖައި މެހެތާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. ޖައި މެހެތާ ވަނީ މީގެ ކުރިން "ލޫޓޭރޭ" އާއި މަޤްބޫލު ސީރީޒް "ސްކޭމް 1992: ދަ ހަންސަލް މެހެތާ ސްޓޯރީ" ކޯ-ޑައިރެކްޓް ކޮށްފައެވެ. މި ފިލްމުން އަންހެން ލީޑް ރޯލުން ފެނިގެންދާނީ މަލަޔާލަމް ސިނަމާގެ މަޤްބޫލު ފިލްމު "ލޯކާ" އިން ވިދާލި ތަރި ކަލްޔާނީ ޕްރިޔަދަރްޝަން އެވެ. މިއީ ކަލްޔާނީ ބޮލީވުޑަށް ތަޢާރަފްވާ ފުރަތަމަ ފިލްމު ވެސް މެއެވެ.
"ޕްރަލޭ" ވެގެންދާނީ ފިލްމުގައި ހިމެނޭ މައިގަނޑު ތިން ފަރާތަށްވެސް ވަރަށް ޚާއްޞަ ފިލްމަކަށެވެ. އެގޮތުން މިއީ ރަންވީރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށް ވާއިރު، މިއީ ޑައިރެކްޓަރު ޖައި މެހެތާގެ ފުރަތަމަ ފީޗާ ފިލްމު އަދި ބަތަލާ ކަލްޔާނީގެ ހިންދީ ސިނަމާގެ ފުރަތަމަ ފެނިލުމެވެ.
މި ފިލްމު ޕްރޮޑިއުސް ކުރަނީ އަނަންޔާ ބިރްލާގެ ބިރްލާ ސްޓޫޑިއޯސް، ރަންވީރު ސިންގްގެ މާ ކަސަމް ފިލްމްސް އަދި ހަންސަލް މެހެތާ އާއި ސާހިލް ސައިގަލްގެ ޓްރޫ ސްޓޯރީ ފިލްމްސް ގުޅިގެންނެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ޓެކްނިކަލް ކްރޫއަކާ އެކު މި ފިލްމު އުފައްދަނީ ވަރަށް ބޮޑު ބަޖެޓަކުންނެވެ.
މުމްބާއީގެ ހަލަބޮލި މާޙައުލާއި މަންޒަރުތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދުނިޔެ ނެތިދިއުމުގެ ތުންފަތްމައްޗަށް ދާ ހިނދު، އަމިއްލަ ނަފްސާއި ލޯބިވާ މީހުން ސަލާމަތްކުރުމަށް ކުރާ ހިތްވަރާއި، ދިރިހުރުމަށް ކުރާ ގަދައަޅާ މަސައްކަތްތަކުގެ މައްޗަށެވެ.
ފިލްމުގެ މަންޒަރުތައް ވީހާވެސް ހަޤީޤީ އަދި ފުރިހަމަ ގޮތެއްގައި ސިނަމާއަށް ގެނެސްދިނުމުގެ ގޮތުން، ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ އެކި ލައިވް ލޮކޭޝަންތަކުގައެވެ. މަސްތަކެއް ވަންދެން ޓެކްނިކަލީ ބުރަ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތަކަކަށް ފަހު މިއަދު ފެށި "ޕްރަލޭ" އަކީ މިހާރު އިންޑިއާގެ ސިނަމާއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު