ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެއްލުމުގައި ހިންގާ ކުންފުނިތައް މަރުކަޒީ އުސޫލުން ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ރީޖަނަލް އެއާޕޯޓްސްގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން މީގެ ކުރިން ބޮޑު ހޭދައެއް ކުރަމުންދިޔަ ނަމަވެސް، އެމްއޭސީއެލްގެ ދަށަށް އެ ކުންފުނި ބަދަލުކުރުމުން އެ ޚަރަދުތައް ސަލާމަތްކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު ރީޖަނަލް އެއާޕޯޓުތަކުން ލިބޭ އާމްދަނީން އެތަންތަން އަމިއްލައަށް ހިންގޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނިތައް އެއްކޮށްލުމާއި އުވާލުމުގެ ސިޔާސަތުގެ ދަށުން، އުފެއްދި މަގުސަދު ހާސިލުނުވާތީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލާފައިވާ ކަމަށާއި، މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތަށް ލިކުއިޑޭޓަރަކު އައްޔަންކޮށްފައިވާ ކަމަށްވެސް މިނިސްޓަރު މަޖިލީހުގައި ހާމަކުރެއްވިއެވެ.
މި ސަރުކާރުން އަލަށް އުފެއްދި ފަސް ކުންފުންޏާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ކުންފުނިތަކުގައި މިވަގުތު ތިބި 889 މުވައްޒަފުންގެ ތެރެއިން 733 މުވައްޒަފުންނަކީ ކުރިން އެސްޓީއޯގެ ފާމަސޫޓިކަލް ބައިގައި މަސައްކަތްކޮށް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުކުރެވުނު މުވައްޒަފުން ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މުސާރަތައް އެއްހަމަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ރިކަރަންޓް ޚަރަދު ބޮޑުވެފައިވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލަށް ކުރަންޖެހޭ ހޭދަ ތިންގުނައަށް އިތުރުވެފައިވީ ނަމަވެސް، ސަރުކާރުން ދަނީ ޚަރަދުތައް ކުޑަކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު