ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ޒުވާނުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅުވާލަދީ، އެކުދިންގެ އީޖާދީ ވިސްނުންތަކާއި މައްސަލަތަކަށް ހޯދާ ހައްލުތައް ބައިނަލްއަޤްވާމީ މައިދާނަށް ގެންދިއުމުގެ ދޮރު މިއަދު ފުޅާ ދާއިރާއެއްގައި ހުޅުވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި "ބައިނަލްއަޤްވާމީ ތެވެލި މަހާސިންތާ" އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
"ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" މި ޝިޢާރުގެ ދަށުން ކުރިއަށްދިޔަ މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، މިއީ ހަމައެކަނި ދިރާސީ ކަރުދާސްތަކެއް ހުށަހަޅާލާ ފެންވަރުގެ އެއްވުމެއް ނޫން ކަމަށާއި، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، އައު ވިސްނުންތައް ޢަމަލީ މައިދާނުގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބަޔޯޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކަށް އައި ކުރިއެރުންތަކުގެ ސަބަބުން، މީގެ ކުރިން ތަޞައްައްވުރުވެސް ނުކުރެވޭ މިންވަރަށް ދިރިއުޅުމުގެ ވައްޓަފާޅިއަށާއި އުނގެނުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އީޖާދުތަކުގެ ޙަޤީޤީ ބޭނުމަކަށް ވާންވާނީ، ތަޢުލީމީ ފެންވަރު މަތިކޮށް، ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި، ތިމާވެށި ޙިމާޔަތްކޮށް، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ރަށްތައް ވަކިވަކިން ހުރި ނަމަވެސް، ޓެކްނޮލޮޖީގެ ސަބަބުން މި ދުރުމިން ނައްތާލެވިފައިވާކަން ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ މި ވަސީލަތްތަކުގެ އެހީގައި ރަށްރަށަށް ތަޢުލީމާއި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދެވި، މުޅި މުޖުތަމަޢު ބާރުވެރިކުރުވިދާނެ ކަމަށެވެ. މީގެއިތުރުން، އައު ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި، އެއްވެސް ފަރުދަކު ބާކީނުވާނޭހެން އިންސާނިއްޔަތުކަން އިސްކުރުމުގެ މުހިންމުކަން އެކަމަނާ ހާމަކުރެއްވިއެވެ.
ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް ބިނާކުރާ މައިބަދަ ކަމަށް ސިފަކުރައްވަމުން، އެކަމަނާ ވަނީ ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޚިދުމަތް ލިބިގަންނަ ބަޔަކަށް ނުވެ، އަމިއްލައަށް އައު ކަންކަން އީޖާދުކޮށް، ދިރާސާތައް ހަދައި، ވިޔަފާރީގެ ދާއިރާއިން ކުރިއަރައިގެންދާ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިމާވާ ގޮންޖެހުންތަކާއި އުނދަގޫ މައްސަލަތަކަށް ޙައްލު ހޯދުމުގައި ޖެހިލުންނުވެ، ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ފަސްޓް ލޭޑީ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު