ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމް ދޫކުރުމުގެ ނިޒާމު ހަރުކަށިކުރަން ސަރުކާރުން ނިންމައިިފި އެވެ

ރައީސް އޮފީހުން ބުނީ އެގޮތަށް ނިއްމީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށާއި، ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. މި ނިންމުންތައް ނިންމާފައިވަނީ ރާއްޖޭގެ ސަލާމަތީ ކަންކަމާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާ ހަރުދަނާކުރުމުގެ މަޤުޞަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ނިންމުންތަކުގެ ދަށުން، ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގައި ތިބޭ އަންސްކިލްޑް (މަސައްކަތު މީހުންގެ ގޮތުގައި ތިބޭ) ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ސިމްކާޑެއް ހަލާކުވެއްޖެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޚާއްޞަ ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް