ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޒިދާން މުޙައްމަދު ލިޔެފައިވާ "ވާވެރިންގެ ވާދޫ" ފޮތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނެރެދެއްވައިފިއެވެ.
މި ފޮތް ރަސްމީކޮށް ނެރެދެއްވާފައިވަނީ އެކަމަށްޓަކައި ރައީސް ސާލިހުގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފޮތަކީ ޒިދާންގެ އުފަން ރަށް ކަމަށްވާ ރ. ވާދޫގެ މުއްސަނދި ތާރީޚާއި، ސަގާފަތާއި، އާދަކާދަތަކުގެ އިތުރުން ރަށާ ގުޅޭ އެކި މަޢުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ލިޔެފައިވާ ފޮތެކެވެ.
ޒިދާން ބުނި ގޮތުގައި މިފަދަ ފޮތެއް ލިޔުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަމިއްލަ ފަސްގަނޑަށް އޮތް ލޯތްބާއި ވާދޫގެ ގުދުރަތީ ރީތިކަމެވެ.
އުމުރުން އެންމެ 13 އަހަރުގައި ލިޔުންތެރިކަމަށް ޝައުޤުވެރިކަން އުފެދުނު ޒިދާން އާންމުންނަށް ތައާރަފްވީ 2017 ވަނަ އަހަރުއެވެ.
ޚަބަރާއި ރިޕޯޓުގެ އިތުރުން ޅެން، ލަވަ، ރައިވަރު، ބަނދި އަދި ކުރުވާހަކަ ލިޔުމުގައިވެސް ފާހަގަކޮށްލެވޭ ޒިދާންގެ މައިގަނޑު އަމާޒަކީ ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކޮށް، މުޖުތަމައަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދިނުމެވެ.
ވާދޫގެ ތާރީޚީ ވާހަކަތައް ހިމެނޭ މި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ 'ޕްރީ އޯޑަރ' ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު