ފަލަސްތީނަށް ސިއްހީ އެހީތެރިކަން ބޭނުންވެފައިވާތީ، ވެސްޓް ބޭންކުގައި ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާއިން ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކާއެކު ސޮއިކޮށްފިއެވެ.
ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްތަފާ އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްގެ ވައިސް މިނިސްޓަރު ސްރީޕްރިޔާ ރަންގަނަތަން ވަނީ ޖެނިންގައި ބިނާކުރާ 200 އެނދުގެ "އިންޑިއަން ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލް" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ހޮސްޕިޓަލުގައި ޓްރޯމާ ސެންޓަރެއްގެ އިތުރުން އެކި ދާއިރާތަކުގެ ޚާއްސަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު އިނދަޖެހިފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު މަސައްކަތް ކުރަނީ އެންމެ 19 ހޮސްޕިޓަލެވެ. އަދި ވެސްޓް ބޭންކުގައި ވެސް ބޭހާއި ސިއްހީ ސާމާނު މަދުވުމުގެ ސަބަބުން ސިއްހީ ބޮޑު ކާރިސާއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އިންޑިއާގެ ވައިސް މިނިސްޓަރު ރަންގަނަތަން ވަނީ ފަލަސްތީނުގެ ސިއްހީ ވަޒީރާ ބައްދަލުކުރައްވައި، ޒަރޫރީ ބޭސްތަކުގެ ޝިޕްމަންޓެއް ހަވާލުކުރައްވާފައެވެ. މީގެ އިތުރުން ޣައްޒާގައި ބޭނުންކުރުމަށް މޯބައިލް ހެލްތު ސެންޓަރެއް ހަދިޔާކުރުމާއި، އަތްފައި ބުރިވެފައިވާ މީހުންނަށް މަސްނޫއީ ގުނަވަން ހަރުކޮށްދިނުމުގެ ކޭމްޕެއް ބޭއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާއިން ފަލަސްތީނަށް މިފަދަ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އަނެއްކޮޅުން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އިސްރާއީލާއެކު ބާއްވާ ގާތް ގުޅުމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އިންޑިއާ-ޕަލަސްތީން ސޮލިޑާރިޓީ ފޯރަމްގެ ފަރާތުން ބުނެފައިވަނީ، ހޮސްޕިޓަލް ބިނާކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އިންޑިއާއިން ހުއްޓާލަންޖެހޭ ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 7 ގެ ފަހުން އިންޑިއާއިން ވަނީ އިސްރާއީލަށް ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު