މިލާޕް ޒަވޭރީގެ ކުރިއަށް އޮތް ފިލްމުގައި އަދިތްޔަ ރޯއި ކަޕޫރާއެކު ބާގްޔަޝްރީ ބޯރްސޭ ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތައް ޓީ-ސީރީޒްއިން ދޮގުކޮށްފި
މިލާޕް ޒަވޭރީ ޑައިރެކްޓްކޮށް އަދިތްޔަ ރޯއި ކަޕޫރު ބަތަލުގެ ބައި ކުޅޭ ފިލްމުގައި ބާގްޔަޝްރީ ބޯރްސޭ ހިމެނޭ ކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޓީ-ސީރީޒްއިން ހާމަކޮށްފިއެވެ.
މި ފިލްމުގެ ބަތަލާގެ ރޯލަށް ބާގްޔަޝްރީ ހަމަޖައްސާފައިވާ ކަމަށް ދާދި ފަހުން ރިޕޯޓުތައް ބުނެފައިވީ ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ އެކަން ސާފުކޮށްދީފައެވެ. ޓީ-ސީރީޒްގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާގްޔަޝްރީ މި މަޝްރޫއުގައި ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ފިލްމުގެ ބަތަލާއަކީ ކޮބައިކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.
މި ފިލްމާ ގުޅޭ އިތުރު ތަފްސީލުތައް ފިލްމު އުފައްދާ ފަރާތުން އަދި ސިއްރުކޮށްފައިވާއިރު، އަދިތްޔަގެ ބަތަލާގެ ގޮތުގައި ފެންނާނެ މީހަކު އަދި ކަށަވަރެއް ނުވެއެވެ.
ޑައިރެކްޓަރު މިލާޕް ޒަވޭރީ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ވަރަށް އަސަރުގަދަ އަދި "ވައިލެންޓް" ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އޭނާ ފާހަގަކުރި ގޮތުގައި "މަރްޖާވާން" ފަދަ ފިލްމުތަކަށް ލިބުނު ކާމިޔާބީއަށްފަހު، ލޯބީގެ ވާހަކަތަކަކީ އޭނާގެ ފިލްމުތަކުގެ މުހިންމު ބައެކެވެ.
ބާގްޔަޝްރީ މިހާރު އަންނަނީ ދެކުނު އިންޑިއާގެ ސިނަމާގެ ބައެއް މަޝްރޫއުތަކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަމަލް ހާސަން ޕްރޮޑިއުސްކުރާ ތަމަޅަ ފިލްމު "ސޭޔޯން" ގައި ސިވަކާތިކޭޔަންއާއެކު އޭނާ ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު