ރާއްޖޭގައި ގާއިމުކުރަމުންދާ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހިންގާ ބެލެހެއްޓުމުގެ ހުނަރު އިތުރުކުރުމަށްޓަކައި، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގައި އަލަށް ތައާރަފުކުރަމުން އަންނަ ޑީސަލް، އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް އެނާޖީ ނިޒާމުތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކުރުމަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ދިވެހި ފަންނުވެރިންނަށް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގައި ރ. އަތޮޅާއި ބ. އަތޮޅުގެ އެކި ރަށްރަށުގައި ހިންގާ އިންޖީނުގެތަކުގެ މުވައްޒަފުންގެ އިތުރުން، ޔުޓިލިޓީ ދާއިރާގައި ހަރަކާތްތެރިވާ މައި ދެ ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގެ ފަންނީ ޓީމުތަކުން ވެސް އަމަލީ ގޮތުން ބައިވެރިވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މިފަދަ ތަމްރީނެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އުފައްދާއިރު، ދުވަހުން ދުވަހަށް ދިމާވެދާނެ ޓެކްނިކަލް މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ފަންނީ ޤާބިލުކަން އަތޮޅުތަކުގެ މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމެވެ.
މި ތަމްރީނުގެ ސަބަބުން ރަށްރަށުގައި ޤާއިމުކޮށްފައިވާ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު