މި ސަރުކާރަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމަށް ހައްލު ހޯދައިދިނުމަށާއި ރައްޔިތުންގެ ކެކުޅުންތައް ފިލުވައިދިނުމަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރަމުންދާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިފައިވާނެ ކަންކަން ނޫން ކަމަށެވެ. އަދި އެ މަސައްކަތްތައް ރައްޔިތުން ވަރަށް ރަނގަޅަށް ބަލައިގަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ހަމަ ޔަގީނުންވެސް މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ރައްޔިތުންގެ ހުރި ކެކުޅުންތައް ނުވަތަ އެ ދަތިތައް ފިލުވައިދިނުމަށް ރެއާއި ދުވާލު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ސަރުކާރެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން،" ޝާޑު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މައިގަނޑު މަޤްޞަދަކީ އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލެއް ބިނާކޮށްދެއްވުން ކަމަށެވެ.
އަދި ޤައުމުގެ ކަންކަން ހަމަމަގަށް އަޅުވައި، އިޞްލާޙު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު