ރާއްޖޭގެ އެކި ރަށްރަށުގައި އިތުރުވަމުންދާ ރުކުމަޑިއާއި ހުދު ކޫޑީގެ އުނދަގޫ ކޮންޓްރޯލްކުރުމަށްޓަކައި، މިހާތަނަށް 38 ރަށަކަށް ޕެސްޓިސައިޑް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ތަކެތި ހޯދުމަށް މިހާތަނަށް ޖުމްލަ 62 ރަށަކުން ވަނީ އެދިފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރުކުމަޑިއާއި ހުދު ކޫޑީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށުން ޕެސްޓިސައިޑަށް އެދުމުގެ ފުރުޞަތު ހުޅުވާލައި، ކައުންސިލްތަކަށް ސިޓީ ފޮނުއްވާފައެވެ.
އެގޮތުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްރަށަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ޕެސްޓިސައިޑް ދޫކުރަމުންދާއިރު، ބާކީ އަތޮޅުތަކުގެ ރަށްރަށަށް މި ތަކެތި ދޫކުރަނީ ސީދާ އެ ވުޒާރާ މެދުވެރިކޮށެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ކުދި ރުކުމަޑި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރިއަތޮޅުގެ ސަން އައިލެންޑް ރިސޯޓުންނެވެ.
ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ހެދިބޮޑުވުމަށް ހުރަސްއަޅާ މި މަޑީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ވަނީ ހާއްސަ ދިރާސާތަކެއް ކޮށްފައެވެ.
އެ ދިރާސާތަކުގެ އަލީގައި، ރުކުމަޑި ނައްތާލުމަށް ބޭނުންކުރާ ސޫފި އާލާކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި "ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ޤާއިމުކޮށް، އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މިގޮތުން ޤާއިމުކުރެވުނު ސެންޓަރު މެދުވެރިކޮށް ދުވާލަކު އެއްލައްކަ ޕެރެސިޓޮއިޑް އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު