އޭވިއޭޝަން ސެކިއުރިޓީން އެހެން ފަރާތަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާހެއް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުއްދަ ނަގަންޖެހޭ ސަލާމަތީ ސަރަހައްދަށް ވަންނަން މަސައްކަތްކުރި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ، އުމުރުން 45 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަންޖީވާ ރެއްޑީ ޔެލްމާ އެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަންޖީވާ ގަވާއިދާ ޚިލާފަށް އެއާޕޯޓުގެ ރައްކާތެރި ސަރަހައްދަށް ވަނުމަށް މަސައްކަތްކޮށްފައިވަނީ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހުންނަ 51 ނަންބަރު ގޭޓުންނެވެ. އެ ވަގުތު އޭނާ އަތުގައި އޮތީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން ބިދޭސީ މުވައްޒަފަކަށް ދޫކޮށްފައިވާ އެއާޕޯޓް އެކްސެސް ފާހެކެވެ. މީގެއިތުރުން، އޭނާ ބޭނުންކުރި ފާސް ނިސްބަތްވާ އަސްލު ވެރިފަރާތުގެ ވޯކް ވިސާވެސް މިހާރު ވަނީ ކަމާބެހޭ އިދާރާތަކުން ބާތިލުކޮށްފައި ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ އެ ފާހަކީ އޭނާ ވަޒީފާ އަދާކުރާ ކުންފުނީގެ "ބޮސް" ދިން ފާހެއް ކަމަށް ބުނެ އަމިއްލަ ދިފާއުގައި ވާހަކަދައްކާފައެވެ.
އެހެންނަމަވެސް، ހުއްދަނެތި އެއާޕޯޓް ފަދަ މުހިންމު އަދި ނާޒުކު ސަލާމަތީ ސަރަހައްދަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި މީހާއާ ދެކޮޅަށް ފުލުހުން ވަނީ އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހަޅާފައެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު