ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝައްމޫން ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމަށް އައު މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށީ، މިހާރު އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުގެ ދައުރު ހަމަވާތީއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ ޝައްމޫން ހަމީދުގެ އިތުރުން މިހާރުވެސް އެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުގެ ނަންފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވާގޮތުން، ކޮމިޓީ މަރުހަލާގައި ކުރިއަށްދިޔަ އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯއްދެވީ ޝައްމޫން ހަމީދެވެ. އެގޮތުން ޝައްމޫނަށް 92 މާކްސް ލިބިވަޑައިގެންނެވި އިރު، ސަމާއު އަހުމަދު ނަޖީބަށް ލިބިވަޑައިގެންނެވީ 86 މާކްސްއެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ޝައްމޫން ހަމީދު އެ މަގާމަށް އައްޔަންކުރުމަށް ވަނީ ރުހުން ދީފައެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރި ޝައްމޫން ހަމީދަކީ އިންސާނީ ހައްގުތަކުގެ ދާއިރާއިންނާއި އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު