އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ އާއި ޕާކިން އަދި ޓްރެފިކް ފީތައް ކައުންސިލަށް ނުލިބޭ ގޮތަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް 47 މެންބަރުން ވޯޓު ދެއްވި އިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި އިސްލާހުގައިވާ ގޮތުން މީގެކުރިން ކައުންސިލްތަކަށް ލިބެމުންދިޔަ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ އާއި، ޓްރެފިކް އަދި ޕާކިން ފީތައް ދެން ކައުންސިލްތަކުގެ ބަޖެޓަކަށް ނުލިބޭނެއެވެ. އޭގެ ބަދަލުގައި އެ ފައިސާ ޖަމާކުރަން ޖެހޭނީ އަލަށް އުފައްދާ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" އަށެވެ. އަދި އެ ފަންޑުގައި ހުންނަ ފައިސާ ހަމައެކަނި ބޭނުންކުރެވޭނީ މާލެ ސަރަހައްދުގެ ޓްރާންސްޕޯޓް މައްސަލަތައް ހައްލުކުރުމަށެވެ.
މާލެ ސިޓީ ކައުންސިލަށް އަމާޒުކޮށް ގެނައި މި ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމު ސިޔާސަތުތަކާ އެއްގޮތަށް ރާވައި ހިންގުމެވެ. އެގޮތުން، މި މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" އަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް އެ އޮފީހަށް ބާރުތައް ދީފައިވާއިރު، އެ މުއްދަތު އިތުރުކުރެވޭނީ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެންނެވެ.
މީގެ އިތުރުން، އެ އޮފީހަށް ބާރުތައް ލިބޭތާ ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ދުއްވޭނެ އެންމެ ގިނަ އަދަދުގެ ވެހިކަލް ލިމިޓް (ކެޕޭސިޓީ) ކަނޑައެޅުން ލާޒިމްކޮށްފައިވެއެވެ. މީގެކުރިން މިއީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެކެވެ.
ގާނޫނުގައި ވާގޮތުން، މާލޭގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި، ރޯޑް މާކިންގް ހެދުމާއި، ޕާކިން އަދި ޓްރެފިކް މެނޭޖްމަންޓާ ގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި، ގާނޫނު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ޒިންމާވެސް އަލަށް އެކުލަވާލެވޭ ނިޒާމުގެ ތެރެއިން ކުރިއަށްދާނެއެވެ.
ފާސްކުރެވުނު އިސްލާހުގައި ހިމެނޭ އެހެން މުހިންމު ކަންކަމުގެ ތެރޭގައި، އެއްގަމު އުޅަނދުފަހަރު އިންޝުއާ ނުކޮށް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ކުށް ތަކުރާރުވާ ނިސްބަތުން ޖޫރިމަނާގެ އަދަދު ދެގުނައަށް ބޮޑުކުރުން ހިމެނެއެވެ. އަދި އުޅަނދުތަކުގައި ހާއްސަ ނަންބަރު ނުވަތަ އަކުރު ޖެހުމަށް ދޫކުރާ ހުއްދައިގެ އެންމެ ކުޑަ ފީއަކީ 500،000 (ފަސްލައްކަ) ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު، ރާއްޖޭގައި އުޅަނދެއް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ކަމަށް ކަނޑައަޅައި، މި ގަވާއިދާ ހިލާފުވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު