ޑްރޯނެއްގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، މާފުށީ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން، އެއްރޭ ދަންވަރުގެ ވަގުތެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 395.92 ގްރާމް ހުރި މަސްތުވާތަކެތި ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ކ. ކާށިދޫއަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފައިވެއެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 8 ދުވަހުގެ މުއްދަތެކެވެ. އަދި ދެވަނަ ފަހަރަށް 9 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ތިންވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި 30 ޖުލައިގައި އެ ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ. މާފުށީ ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ބުނީ، ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސަބަބު ސާފުކޮށް ބަޔާންނުކޮށް ކަމަށެވެ. މީގެއިތުރުން، އޭނާ ދިރިއުޅޭ ކޮޓަރިން ޓްރެފިކިންގ މިންގަނޑަށް ފެތޭ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވުމާއި، ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ޑްރޯންތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލާގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ، ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލުމުގައި އިޖުމާލީ ގޮތެއްގައި ސަބަބު ބަޔާންކޮށްފައިވީ ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ހާލަތްތަކަށާއި، ފެނުނު މަސްތުވާތަކެތީގެ މިންވަރާއި، ޑްރޯން ފަދަ އާލާތްތައް ބޭނުންކޮށްފައިވާ މިންވަރަށް އަދި މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މާފުށީ ކޯޓުގެ އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.
ހައިކޯޓުން މާފުށީ ކޯޓުގެ ނިންމުން ބާތިލުކުރުމަށްފަހު އަމުރުކޮށްފައިވަނީ، އެ މީހާ ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން އެދޭނަމަ ދެ ދުވަހުގެ ތެރޭގައި އެކަމަށް އެދި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ލިބިއްޖެނަމަ، އެ މީހާގެ ބަންދާމެދު މާފުށީ ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށްވެސް ހައިކޯޓުގެ ހުކުމުގައި ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު