ވަޒީފާ އަދާކުރާ މީހުންނަށް މުސާރަ ޑޮލަރުން ދިން ނަމަވެސް، ޕެންޝަން ފައިސާ ޖަމާވާނީ އަދި ބަލައިގަންނާނީވެސް ދިވެހި ރުފިޔާއިން ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުން މިކަން ހާމަކުރީ ބައެއް ފަރާތްތަކަށް ޕެންޝަން ފައިސާ ދައްކަނީ ޑޮލަރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ކަންކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.
ޕެންޝަން އޮފީހުން ފާހަގަކުރި ގޮތުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ އަބަދުވެސް ހަމައެކަނި ދިވެހި ރުފިޔާއިން ހިންގަމުން އަންނަ ސްކީމެކެވެ. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މީހަކުވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް، ގަވާއިދުން ފައިސާ ޖަމާކުރުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމު ކަމެކެވެ. މިގޮތުން، ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ މީހާގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ މުވައްޒަފުގެ އަތުން އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން ކޮންމެ މަހަކުވެސް އެ ސްކީމަށް ޖަމާކުރަން ޖެހެއެވެ.
އެ އޮފީހުން ބުނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި ޑޮލަރު ނުވަތަ އެހެންވެސް ބޭރު ފައިސާއެއް ދިން ކަމުގައި ވިޔަސް، ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ އަބަދުވެސް ދިވެހި ރުފިޔާއިން ކަމަށެވެ. އެގޮތުން ބޭރު ފައިސާއިން މުސާރަ ލިބޭނަމަ، ޕެންޝަނަށް ޖަމާކުރަންޖެހޭ ފައިސާގެ އަދަދު ހިސާބުކުރަނީ މުވައްޒަފަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހުގައެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެކި ދާއިރާތަކުގައި އިންވެސްޓްކޮށްގެން ލިބޭ ފައިދާ އާއި، މުވައްޒަފުން ރިޓަޔަރވުމުން (ވަޒީފާއިން މުސްކުޅިކުރުމުން) ޕެންޝަންގެ ގޮތުގައި އެ މީހުންނަށް ދޫކުރާ ފައިސާ ރެކޯޑު ކުރުމާއި ފައިސާ ދޫކުރުމުގެ އެންމެހައި މުޢާމަލާތްތައްވެސް ހިނގަމުންދާނީ ދިވެހި ރުފިޔާއިންނެވެ.
މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާ ގުޅޭގޮތުން އަލަށް އެކުލަވާލި ގަވާއިދުތަކާ ގުޅިގެން ނިންމި ނިންމުމެއް ނޫން ކަމަށާއި، އަދި އަލަށް ގެނައި ބަދަލެއް ނޫންކަންވެސް ޕެންޝަން އޮފީހުން ވަނީ ސާފުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު