ތިލަފުށީގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރުގެ އިމާރާތްތަކާއި އެކި ވަސީލަތްތައް ޑިޒައިންކޮށް އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް އިން އާންމުކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ދަށުން ތިލަފުށީ ޕޯޓުގެ އޮޕަރޭޝަނަލް އަދި އިދާރީ ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން، މުދާ އަރުވައި ބޭލުމަށް ބޭނުންވާ ކާގޯ ހޭންޑްލިން ފެސިލިޓީތަކާއި، ގުދަންތަކާއި، ޔުޓިލިޓީ އަދި ސަލާމަތީ އިންތިޒާމުތައް ފަރުމާކޮށް ގާއިމުކުރަން ޖެހެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ބަނދަރަކީ ފުން ކަނޑުގެ ބޯޓުފަހަރަށް ހިދުމަތްދެވޭ ޑީޕް ވޯޓާ ކޮންޓެއިނާ ޓާމިނަލަކާއި، އެކި ބާވަތުގެ މުދާ އުފުލާ މަލްޓި ޕާޕަސް ޓާމިނަލެއްގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރާއި އަތޮޅުތަކަށް ހާއްސަ ލޮޖިސްޓިކްސް އަދި ވެއާހައުސިން ޒޯނުތައް އެކުލެވޭ ފުރިހަމަ ޕޯޓަކަށް ހެދުމެވެ.
މި ބޮޑު މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާ (ޖޭވީ) ތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ކުރިމަތިލާނަމަ އިސްކޮށް ހަރަކާތްތެރިވާނެ ލީޑް ޕާޓްނަރެއް ކަނޑައަޅަން ޖެހޭއިރު، ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިފަދަ ބޮޑެތި އިންޑަސްޓްރިއަލް މަޝްރޫއުތަކާއި ބަނދަރުތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ފަދަ މާލީ ތަނަވަސްކަމާއި ފަންނީ ގާބިލުކަން ހުރިކަން ލިޔެކިޔުމުން ސާބިތުކޮށްދޭން ޖެހެއެވެ.
މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލާއި، އޮޑިޓް ރިޕޯޓުތަކުގެ އިތުރުން ފާއިތުވި އަހަރުތަކުގައި ނިންމާފައިވާ މަޝްރޫއުތަކުގެ އަގާއި ތަފްސީލު ހިމަނަންޖެހެއެވެ. އެމްޕީއެލް އިން ބުނީ ޕްރީކޮލިފިކޭޝަން މި މަރުހަލާގައި ފަރާތްތައް ހޮވުމުގައި އެންމެ ބޮޑަށް ބަލާނީ ތަޖުރިބާއަށާއި ފަންނީ އަދި މާލީ ގާބިލުކަމަށް ކަމަށެވެ. އަދި މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު (އާރްއެފްޕީ) ފަހުން އަރުވާނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕޯޓުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް މުހިންމު އިގުތިސާދީ ސިޔާސަތެކެވެ. ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ތަރައްގީކުރާ މި ބަނދަރުން ވިޔަފާރިވެރިންނަށާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ހިދުމަތް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު