ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމާއި އެކުވެރިކަމުގެ އެންމެ ބޮޑު ރަމްޒުގެ ގޮތުގައި މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދިން "ޗައިނާ-މޯލްޑްސް ފްރެންޑްޝިޕް ބްރިޖް" (ސިނަމާލެ ބްރިޖް) ހުޅުވިތާއަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުއްﷲ މުއްޠަލިބު ހާއްސަ މެސެޖުތަކެއް ހިއްސާކުރައްވައިފިއެވެ.
މީޑިއާ މަންސަ 'އެކްސް' ގައި ދެ ބޭފުޅުން ކުރެއްވި ޕޯސްޓުތަކުގައި، ބްރިޖުގެ ތާރީހީ މުހިންމުކަމާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ޗައިނާ-މާލްދީވްސް ފްރެންޑްޝިޕް ބްރިޖް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، މީގެ 8 އަހަރު ކުރިން ހުޅުވުނު ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ވަސީލަތެއް ނޫނެވެ. އެއީ ދެގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެކުވެރިކަމާއި، ގުޅިގެން ހާސިލުކުރަން ބޭނުންވާ މުސްތަގުބަލުގެ އުންމީދުތައް ރަމްޒުކޮށްދޭ އަގުހުރި ބިނާއެކެވެ. މާލެއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދިން މި ބްރިޖުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ހިކުމަތްތެރި ލީޑަރޝިޕްގެ ދަށުން ދެގައުމުގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވަމުންދާކަމަށާއި، ރާއްޖެއާއި ޗައިނާގެ އެވަރުގަދަ ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންގޮސް، ދެގައުމުގެ ރައްޔިތުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްޠަލިބު ކުރެއްވި ޕޯސްޓުގައި، ބްރިޖުގެ މަސައްކަތް ފެށުނު ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވީ، އެމަނިކުފާނަކީ ބްރިޖުގެ ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި، ސަރވޭތައް ކުރުމާއި، ޑިޒައިން ރިވިއުތަކާއި ކޮންސްޓްރަކްޝަން މަރުހަލާގައި އެންމެ ކުރީކޮޅުން ފެށިގެން އަމަލީ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
އެދުވަސްވަރު މިފަދަ ބޮޑު މަޝްރޫއެއް ރާއްޖޭގައި ނުހިންގޭނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ކުރި މަލާމާތާއި އުފެއްދި ޝައްކުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިންމާލެވުނީ ކަނޑައެޅުނު ބަޖެޓުގެ ތެރެއިން، ތާވަލަށްވުރެ ވެސް އަވަހަށް ކަމަށެވެ. މިއީ މަޝްރޫއުގައި ހަރަކާތްތެރިވި އިންޖިނިއަރުންގެ މަތިވެރި ގާބިލުކަމާއި ޕްރޮފެޝަނަލިޒަމްގެ ދިރުންހުރި ހެކިދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ނުކުރެވޭނެ" ކަމަށް ހީވާ ކަންކަން "ވެނިމިއްޖެ" ކަމަށް ބަދަލުކޮށްދޭ ސިއްރަކީ އިންޖިނިއަރިންގ ކަން ފާހަގަކުރައްވަމުން، މިނިސްޓަރު މުއްޠަލިބު ވަނީ މިއަދަކީ "ގައުމީ އިންޖިނިއަރުންގެ ދުވަސް" ކަމުގައި ކަނޑައެޅުނު ހާއްސަ ސަބަބު ހާމަކުރައްވާފައެވެ.
އެއީ ހަމައެކަނި އެކަކު ކުރި މަސައްކަތެއް ފާހަގަކުރުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިންޖިނިއަރިންގ ދާއިރާއާއި، ގައުމަށް ހިދުމަތްކުރާ އެންމެހާ އިންޖިނިއަރުންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މިނިސްޓަރު ވަނީ ގައުމީ ހިދުމަތުގައި ދެމިތިބި އެންމެހައި އިންޖިނިއަރުންނަށް ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގުނު އެންމެ ބޮޑު އަދި އެންމެ އުނދަގޫ އިންޖިނިއަރިންގ މަޝްރޫއެވެ. ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނިޝިއަޓިވް'ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ޖުމްލަ 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހިންގި މި މަޝްރޫއުގެ ބޮޑު ބައެއް ހަމަޖެއްސީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލުއި ލޯނު އެހީގެ ދަށުންނެވެ. ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ އިން އިމާރާތްކުރި މި ބްރިޖަކީ ދިގުމިނުގައި 2.01 ކިލޯމީޓަރު ހުންނަ، އަދި ކަނޑުގެ އޮގުރާއި ވަރުގަދަ ރާޅުތަކުގެ ތެރޭގައި އެޅުނު އިނޮވޭޓިވް ބިނާއެކެވެ.
2018 ވަނަ އަހަރުގެ އޮގަސްޓު 30 ގައި ބްރިޖު ރަސްމީކޮށް ހުޅުވުމާއެކު، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސްގެންދިޔައެވެ.
މި ބްރިޖު ހުޅުވުމުގެ ކުރިން މާލެއާއި ހުޅުލެ/ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް އޮތް އެކަނި ވަސީލަތަކީ ފެރީގެ ހިދުމަތެވެ. ނަމަވެސް ބްރިޖާއެކު ސައިކަލާއި، ކާރާއި، ބަސް އަދި މުދާ އުފުލާ އުޅަނދުފަހަރުގައި 24 ގަޑިއިރު މެދުކެނޑުމެއްނެތް އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެގެންދިޔައެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ފުރާ މީހުންނަށާއި، ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް އިންތިހާއަށް ބޮޑު ލުޔެއް ލިބި، މާލެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދިޔައެވެ.
ރައީސް މުއްއިޒު ހައުސިން މިނިސްޓަރަކަށް ހުންނެއްވި އިރު ހުޅުވި ސިނަމާލެ ބްރިޖަކީ ހަމައެކަނި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން، ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ހަރުދަނާ ރަހުމަތްތެރިކަމާއި، ދިވެހި އިންޖިނިއަރުންގެ ފަޚުރުވެރި ކާމިޔާބީގެ ދިރުންހުރި ހެކިވެހި ބިނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު