ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި މީހުންގެ ޖުމްލަ އަދަދު 320 އަށް އަރައިފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދައުލަތުގެ މީޑިއާއާ ހިއްސާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހިނގަމުންދާ މި އަހަރުގެ މިހާތަނަށް އެކަނިވެސް 29 ދަރިވަރަކު ވަނީ މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމާފައެވެ.
މި އަހަރު ޙާފިޡުކަން ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި އެކި އުމުރުފުރައިގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި 13 އަހަރުގެ 4 ކުދިންނާއި، 15 އަހަރުގެ 5 ކުދިންނާއި، 16 އަހަރުގެ 4 ކުދިން ހިމެނެއެވެ. އަދި 18 އަހަރުގެ 2 ކުދިންނާއި، 19 އަހަރުގެ 2 ކުދިންނާއި، 23 އަހަރުގެ ޒުވާނެއްގެ އިތުރުން އުމުރުން 43 އަހަރުން މަތީގެ 4 މީހަކުވެސް މި އަހަރު ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހަގު ޙާފިޡަކީ އުމުރުން އެންމެ 7 އަހަރުގައި މުޅި ޤުރުއާން ހިތުދަސްކުރި، މިހާރު އުމުރުން 11 އަހަރުގެ އަމަން އަޙްމަދު ޢާތިފްއެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރި ގޮތުގައި، މިހާރުވެސް އެ މަރުކަޒުގެ ކްލާސްތަކުގައި 1,185 މީހަކު އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. މި ކްލާސްތަކުގައި އުމުރުން 7 އަހަރުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންވެސް ތަޢުލީމު ހާސިލުކުރަމުންދާއިރު، މީގެ ތެރެއިން 16 އަހަރާއި، 20 އަހަރު އަދި 22 އަހަރުގެ 3 ދަރިވަރަކު މިހާރު އަންނަނީ ޤުރުއާން އެއްކޮށް ދަސްކޮށް ކޮމިޓީއަށް ކިޔައިދެމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް މިހާރުވެސް ހިންގަމުންދާއިރު، އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ. ޤުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، އެއްފަހަރާ ގިނަ ދަރިވަރުންނަށް އިމްތިޙާނު ކުރިއަށް ގެންދިއުމަށްޓަކައި ޙާފިޡުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލު އޮންނަގޮތުން، ރަޖިސްޓަރީކޮށްފައިވާ ކްލާސްތަކުގެ ދަރިވަރުންނަށް ފޯމު ހުށަހެޅުމުން އިމްތިޙާނު ހަމަޖައްސައިދެއެވެ. އަދި އަމިއްލަ ގޮތުން ނުވަތަ ރަޖިސްޓަރީ ނުކުރާ ތަންތަނުން ޤުރުއާން ދަސްކުރާ ފަރާތްތަކަށް އިމްތިޙާނުގައި ބައިވެރިވެވޭނީ، މަރުކަޒުގައި ދަފުތަރުވެފައިވާ ޙާފިޡެއްގެ ކުރިމަތީގައި ފެންވަރު ސާބިތުކޮށްދީ، އެކަމުގެ ލިޔުން ހުށަހެޅުމުންނެވެ.
ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދު 500 އަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށާއި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ގައުންއަކާއެކު ރަސްމިއްޔާތުތައް ބޭއްވުމުގެ އިތުރުން، ދައުލަތުން ޙާފިޡުންނަށް ދެމުން އަންނަ އެލަވަންސްވެސް ސަރުކާރުން މިހާރު ވަނީ ދެގުނައަށް ބޮޑުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު