ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީޤުކުރައްވައިފިއެވެ.
މި އިސްލާޙުތަކަކީ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް މުރާޖަޢާކޮށް، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތައް ހިފުމާއި ބޭރުކުރުމާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެކެވެ.
އާ އިސްލާޙުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ބާރު މަސްވެރިކަމާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.
ނަމަވެސް، އެފަދައިން ހުއްދަކުރާ މަސްވެރިކަމުގެ ބާވަތްތަކާއި، އެ ކަމާ ގުޅޭ ޝަރުތުތަކާއި އުސޫލުތަކުގެ އިތުރުން ނަގާނެ ފީތައް ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށް ޝާއިޢުކުރަންޖެހޭނެއެވެ.
މީގެ އިތުރުން، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ޚާއްޞަ ބަނދަރުތައް ތަރައްޤީކުރުމުގެ ހުއްދަ ދިނުމުގެ ބާރުވެސް ވުޒާރާއަށް ވަނީ ދީފައެވެ.
ޤާނޫނަށް ގެނެވުނު ބަދަލާއެކު ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެފަދަ ބާވަތެއްގެ މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ކަނޑައެޅިފައިވާ ޚާއްޞަ އުސޫލުތަކާ ޚިލާފަށް މަސްވެރިކަން ކުރުންވެސް ވަނީ މަނާކޮށްފައެވެ.
މި އިސްލާޙުގެ ދަށުން ޤާނޫނާ ޚިލާފުވާ ބޭރުގެ އުޅަނދުފަހަރާމެދު އިދާރީ ފިޔަވަޅު އަޅާއިރު، އެ އުޅަނދެއް ނިސްބަތްވާ ޤައުމަކަށް ބަލައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް ވަނީ ބަޔާންކޮށްފައެވެ. މިއީ ޤާނޫނު ތަންފީޛުކުރުމުގައި ކުރިމަތިވި ބައެއް ދަތިތަކަށް ޙައްލު ހޯދައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި އެކުލަވާލެވުނު ޤާނޫނީ އިންތިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު