ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ނުވަ އަހަރުގެ ފާތިމަތު ޒީވާ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ 21:04 ހާއިރު ހިނގި މި ހާދިސާގައި ޒީވާއަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، އިތުރު ފަރުވާއަށް ވަގުތުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން އޭނާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. މަރުޙޫމާ ޒީވާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު