ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހުމަދު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
ޒީވާ ނިޔާވުމާ ގުޅިގެން، އޭނާގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލުގެ މިއަދުގެ ސެޝަންތައް ވަނީ ކުރުކޮށްލާފައެވެ.
ބިލަބޮންގް ސްކޫލުގެ ގްރޭޑް 4 ގައި ތައުލީމު ހާސިލުކުރަމުންދިޔަ ޒީވާ ކުއްލި ވަކިވުމާ ގުޅިގެން އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ޖަނާޒާގައި ބައިވެރިވުމަށްޓަކައި މިއަދު ހެނދުނު 10:00 ގައި ކިޔެވުން ނިންމާލުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ގަޑިއަށް ދަރިވަރުން ބަލާ ދިޔުމަށް އެދިފައިވާއިރު، ބެލެނިވެރިންނަށް އާދެވެންދެން ދަރިވަރުންނާއެކު ޓީޗަރުން މަޑުކުރާނެކަމުގެ ޔަގީންކަންވެސް އެ ސްކޫލުން ވަނީ ދީފައެވެ.
މި ހިތާމަވެރި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން، މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެން މީހާއަށާއި ފަހަތުގައި އިން ޒީވާއަށް އަނިޔާވި ނަމަވެސް، ބޮޑަށް އަނިޔާވީ ޒީވާއަށެވެ. ސައިކަލު ދުއްވަން އިން އަންހެން މީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒީވާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު