މަސްވެރި އުޅަނދުފަހަރަށް ސަރުކާރުން ދޫކުރަމުން އަންނަ ތެލުގެ ސަބްސިޑީ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި އެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހައި މުޢާމަލާތްތައް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޑިއުޓީ އުނިކޮށްފައިވާ ތެޔޮ މަސްވެރި އުޅަނދުފަހަރަށް ފޯރުކޮށްދިނުމަށް މިހާރު ވެސް ބޭނުންކުރަމުންދާ "ފަހިހަކަތަ" ޕޯޓަލް، ތެލުގެ ސަބްސިޑީ ހޯދުމަށް ކޮންމެހެން ބޭނުންވާ ޕްލެޓްފޯމެއްގެ ގޮތުގައި ލާޒިމުކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ދެވޭ ޢިނާޔަތްތަކާއި ސަބްސިޑީތައް އިންސާފުވެރިކަމާއެކު، ހަރުދަނާ އުސޫލެއްގެ ދަށުން ޙައްޤުވެރިންނަށް ފޯރުކޮށްދިނެވެ.
މި ނިންމުމާ ގުޅިގެން، ކަނޑުމަހުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ އެންމެހައި ފަރާތްތަކުން، މި ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި އެހީތެރިކަން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ލުއިފަސޭހަކަމާއި އަވަސްމިނުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުން ގެނެވުނު މި ބަދަލުގެ ސަބަބުން، ސަބްސިޑީ ދޫކުރުމުގެ އެންމެހައި އިޖުރާއާތުތައް އަވަސްވެ، ޙައްޤުވެރި ހުރިހާ މަސްވެރި އުޅަނދަކަށް ހަމަހަމަކަމާއެކު އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު