މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ފެށުމަށާއި، މަގުމަތީގެ ސަލާމަތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ކޮންމެ އެކްސިޑެންޓަކަށް ފަހު މައްސަލަ ތަހުގީގުކުރާ ވާހަކައާއި، އެކަންކަން ބެލުމަށް ވަކި އޮފީހެއް އުފައްދާ ވާހަކަ ނުވަތަ ގާނޫނުތައް އިސްލާހުކުރާ ވާހަކަތަކުގެ އަޑު އަބަދުވެސް އިވޭ ކަމަށެވެ. ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށްޓަކައި މިހާރުން މިހާރަށް އަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، "ރައްކާތެރިކަން އެންމެނަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން" މި ނަމުގައި ސަރުކާރުން އިސްނަގައިގެން ޤައުމީ ފެންވަރުގެ ވަރުގަދަ ކެމްޕެއިނެއް ފަށަންޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި، ޓެކްސީ ސެންޓަރުތަކާއި، ސްކޫލުތަކާއި، އަމިއްލަ ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން އުޅަނދު ދުއްވާ ހުރިހާ ފަރާތްތައް ގުޅިގެން މަގުމަތީގެ ސަލާމަތަށް ދިގު މުއްދަތުގެ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި، ގަވާއިދުތަކާއި އުސޫލުތައް ދުއްވާ މީހާއަށް ފުރިހަމައަށް ދަސްވެފައިވާކަން ޔަގީންކުރުމުގެ މުހިންމުކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ފުރާނައާއި އެހެން މީހުންގެ ފުރާނައަށް އެއްވެސް ބެލުމެއް ނެތި ފަރުވާކުޑަކޮށް ދުއްވާ ފަރާތްތަކާ މެދު އަލުން އެފަދަ ކަންކަން ތަކުރާރު ނުކުރެވޭނެ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ހަމައެއާއެކު، މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް އަމާންކަން ގާއިމުކުރުމަށްޓަކައި މީހުން އެރުވުމަށާއި ބޭލުމަށް ވަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެކަމަށް އާންމުން އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ކަންތައްތަކުގެ އިތުރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަން ފުލުހުންނަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް އޭގެ ސީދާ މަންފާކުރާނެ އަދި އާންމުންގެ ރައްކާތެރިކަން އިތުރުވާނެ މިފަދަ މުހިންމު ކަންކަމަށް ސަރުކާރުން އިސްކަން ދިނުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު