ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިދިޔަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިދިޔަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
މާލޭ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހަވީރު 17:10 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެހެންނަމަވެސް، މި އެކްސިޑެންޓުގައި އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު