މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހދ. ހިރިމަރަދޫ އުނިކޮށް، ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެ ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ހުއްޓިފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ރިޔާސީ ޤަރާރަކުން ހިރިމަރަދޫއަކީ ފަޅުރަށެއް ކަމަށް ކަނޑައަޅުއްވައި، އެ ރަށުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން އެ އަތޮޅު ހަނިމާދޫ ކައުންސިލާ ވަނީ ޙަވާލުކުރައްވާފައެވެ. ނަމަވެސް، ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކައުންސިލް އުވާލުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ގެއްލެމުންދާ ކަމަށް ބަޔާންކޮށް މި މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންގެ ޙާލަތު ދެނެގަތުމަށް ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، ރިޔާސީ ޤަރާރުގައި އޮތް ނަމަވެސް ޢަމަލީ ގޮތުން ހަނިމާދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިކަން އަދާނުކުރާ ކަމަށެވެ. އެހެންކަމުން، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ގެދޮރު ބިނާކޮށްދީ އެ ރަށަށް ބަދަލުކުރެވެން ނެތް ނަމަ، ފަޅުރަށެއް ކަމަށް ކަނޑައެޅި ޤަރާރު ވަގުތުން ބާޠިލުކޮށް، އަލުން ކައުންސިލް އިންތިޚާބު ކުރުމުގެ ފުރުޞަތު ދިނުމަށް ނިޔާޒު ވަނީ ގޮވާލައްވާފައެވެ.
ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ހިރިމަރަދޫގެ އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން، އެ ރަށުގައި މިހާރުވެސް 293 މީހުން (157 ފިރިހެނުންނާއި 136 އަންހެނުން) ދިރިއުޅެމުންދެއެވެ.
ހިރިމަރަދޫއަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު މި ސަރުކާރުން ނިންމާފައިވަނީ ހަނިމާދޫގައި، ހިރިމަރަދޫ މީހުންނަށް ހާއްސަކޮށްގެން ފްލެޓު އަޅާށެވެ. އެގޮތުން ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި 24 އޮގަސްޓް 2025 ގައި ރައީސް ޑރ. މުޢިއްޒު ވަނީ ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހަނިމާދޫގައި ޢިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމައި، ތަޅުދަނޑި ޙަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަދިވެސް އޮތީ ހުއްޓިފައެވެ.
މި މަޝްރޫޢު ލަސްވާ މައިގަނޑު ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ހަނިމާދޫ ކައުންސިލުން މި މަޝްރޫޢަށް އެއްބާރުލުން ނުދީ ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި ހަނިމާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ހިރިމަރަދޫ މީހުންގެ މަޝްރޫޢު ވަކިން ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް، ކައުންސިލްގެ ޢަމަލުތަކުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސްއެޅިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބިން ދޫކުރަން އުޅޭ މައްސަލަ، ހަނިމާދޫ ކައުންސިލްގެ ފަރާތުން މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު