އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މިޔަންމާ އަތުން ބަލިވެއްޖެއެވެ.
މިޔަންމާގެ ތުވުނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މިޔަންމާއިން ކާމިޔާބުކުރީ 6-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗަށް ނުކުތްއިރު ވެސް، ދެ ޓީމަށް ވަނީ ގްރޫޕުގެ ގަދަ ދެ ޖާގަ ކަށަވަރުވެ، މުބާރާތުގެ މައި ކޮލިފައިން ބުރަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިފައެވެ.
ގްރޫޕް "ކޭ" ގައި ރާއްޖެއާއި މިޔަންމާގެ އިތުރުން ވާދަކުރީ ސްރީލަންކާއާއި ބުރުނާއީއެވެ. މި ގްރޫޕުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބުރުނާއީގެ މައްޗަށް 2-0 އިން ކުރިހޯދިއިރު، ދެވަނަ މެޗުގައި ސްރީލަންކާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މިޔަންމާއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތައު ޒިން ކޯ އެވެ. އޭގެ ފަހުން ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ޒިޔާދު ނުރައްކާތެރި ބައެއް ހަމަލާތައް ދިފާޢުކުރި ނަމަވެސް، މެޗުގެ 21 ވަނަ މިނެޓުގައި ތުރާ މިން ވަނީ މިޔަންމާގެ ދެވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު