ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙަކީ ޓޫރިޒަމް ދާއިރާއާ މަޝްވަރާނުކޮށް ސަރުކާރުން ކުއްލިއަކަށް ނިންމި ނިންމުމެއް ކަމަށް ބުނެ "ދައުރު" ނޫހުގައި ލިޔެފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު "ރޯބުހުތާނު ދޮގެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިކަން ހާމަކުރެއްވީ 6 ސެޕްޓެމްބަރު 2026 ގައި "ދައުރު" ނޫހުން "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ޚަބަރުގައި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ދޮގު ހެއްދެވި ކަމަށް ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަޞްދީޤުކުރެއްވި ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ކެޓެގަރީ އޭގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ %40 މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން އުނިކޮށް، ކެޓެގަރީ ބީގެ ތަންތަނުން ކޮޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ގްރޮސް ސޭލްސްގެ %20 މާރުކުރަންޖެހޭ ގޮތަށް ވަނީ އިޞްލާޙު ގެނެސްފައެވެ.
ރައީސް އޮފީހުން ބުނީ ޤާނޫނަށް ގެނައި މި ބަދަލުތަކާއި މާލިއްޔަތާ ގުޅޭ އެހެނިހެން ކަންކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ އެއްފަހަރަށްވުރެ ގިނަ ފަހަރު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މަޓީގެ އެކި ވެރިންނާ ވަކިވަކިންނާއި އަދި ރަސްމީކޮށްވެސް ބައްދަލުކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މިގޮތުން އެންމެ ފަހުން ބޭއްވުނު މުހިންމު ބައްދަލުވުން އޮތީ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ބަންޑާރަނައިބު އަޙްމަދު އުޝާމް، ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން އަދި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ. މަޓީގެ ފަރާތުން އެ ޖަމްޢިއްޔާގެ ވައިސް ޗެއަރމަން، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން އިސް 6 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ބައްދަލުވުން ބޭއްވިކަން 24 އޮގަސްޓްގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް ސާފުވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.
އެހެންކަމުން، މި ނިންމުމަކީ މަޓީއަށް ކުއްލި ހައިރާންކަމެއް ކަމަށާއި، މަޝްވަރާނުކޮށް ނިންމި ނިންމުމެއް ކަމަށް ދައްކަން ކުރާ މަސައްކަތަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގެއް ކަމަށް ބަޔާންކޮށް، ބައެއް މީޑިއާތަކަށް މިކަން އޮޅުންއަރާފައިވާތީ ޙަޤީޤަތް ސާފުކޮށްދިނުމަށް ރައީސް އޮފީހުން ވަނީ މި މަޢުލޫމާތު ޢާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު