ދިވެހިރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ނިވަ ކުރުނބާ މޯލްޑިވްސް" އިން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިން ވެސް ބައިވެރިވެ، ރިސޯޓުގެ ފަރުތައް އާލާކުރުމަށްޓަކައި މުރަކަ އިންދުމުގެ އަމަލީ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ނިވަ ކުރުނބާ މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އާއްމު ފަރާތްތަކަށް އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.
ބީއެމްއެލް އިން ބުނީ، މިއީ ތިމާވެށި ރައްކާތެރި ކުރުމަށް އެކުންފުނިން އެއްބާރުލުން ދިން ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ އެކި ހަރަކާތްތަކަށް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗަރ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫޢަށާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" އަށް ބޭންކުން ވެދީފައިވާ އެހީތެރިކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން ބޭންކުން ބުނީ، ނިވަ ކުރުނބާ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށާއި، ރާއްޖޭގެ ކަނޑުގެ މާހައުލު ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ފަރުތައް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު