ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމުގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމަކީ އެސްއޯއީތަކަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެވޭނެ ކަމެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މި ނިންމެވުމަކީ ކުންފުނިތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ނިންމެވުމެއް ކަމަށެވެ. އަދި މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ މިފަދަ އުނދަގޫ ނިންމެވުންތައް ނިންމައި، އެކަންކަން ތަންފީޒުކުރުމުގެ ވަރުގަދަ އަޒުމެއް އޮވެގެން ކަމަށާއި، މިއީ ސާފު މަޤްޞަދެއްގައި ގެެނެވޭ އިޞްލާޙީ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ދެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ދައުލަތަށް ހޯދުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ބޮޑުކޮށް، ދައުލަތުގެ ކޮންޓްރޯލް އެ ކުންފުނީގެ މައްޗަށް އަލުން ހޯދުމަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު