ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ސަރުކާރުން ދޭ ހާއްސަ މާލީ އިނާޔަތުގެ ގޮތުގައި، މިދިޔަ މަހު 535 މީހަކަށް 1،070،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން މައުލޫމާތު ދިން ގޮތުގައި މިދިޔަ މަހު އެލަވަންސް ލިބުނު މީހުންގެ ތެރޭގައި އަލަށް ދަފުތަރުގައި ރަޖިސްޓަރީވެ، މުޅިން އަލަށް އެލަވަންސް ލިބެން ފެށި ހަތަރު މީހަކު ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދޭން ފެށި މި އެލަވަންސްގެ ދަށުން، ގައުމީ ތެލަސީމިއާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް މަހަކު 2،000 ރުފިޔާ ލިބެއެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ދޭ މި މާލީ އިނާޔަތަކީ ތެލަސީމިއާ ކުދިން ބަލަހައްޓާ އާއިލާތަކުގެ ދިރިއުޅުމުގެ ޒަރޫރީ ހަރަދުތަކާއި، ދަތުރުފަތުރާއި ކެއިންބުއިމުގެ ހަރަދުތަކަށް ބޮޑު ލުޔެއް ގެނެސްދިނުމުގެ ގޮތުން ފެށި އެހީއެކެވެ. ހާއްސަކޮށް، އަތޮޅުތަކުން މާލެއަށް ފަރުވާ ހޯދަން އަންނަންޖެހޭ އާއިލާތަކަށް މީގެ ސަބަބުން ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދެއެވެ.
މާލީ އެހީތެރިކަމުގެ އިތުރުންވެސް، ތެލަސީމިއާ ބަލިމީހުންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދައުލަތުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުތައް ފުޅާކޮށް، ޒަކާތު ފަންޑާއި އާސަންދަ މެދުވެރިކޮށް ގިނަ ކުދިންތަކަކަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. މިގޮތުން، މި އަހަރުގެ ޖޫން މަހު އެކަނިވެސް ބޯން މެރޯ ހެދުމަށްޓަކައި ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ވަނީ އެންސްޕާއާ ހަވާލުކޮށްފައެވެ.
ހަމައެއާއެކު، މާލޭގައި ހިންގަމުންދިޔަ ތެލަސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރުގެ މެއި މަހު އެ ސެންޓަރު ވަނީ ހުޅުމާލޭގެ 'އޮރެންޖް ހިޔާ' އިމާރާތަށް ބަދަލުކޮށްފައެވެ. މިއާއެކު، ލޭ ރައްކާކުރެވޭ މިންވަރު 200 ޕިންޓުން 600 ޕިންޓަށް އިތުރުކުރެވި، އެނދުގެ ޖާގަވެސް ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން، މި ބައްޔަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް 17،000 އަކަފޫޓުގެ ބިމެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.
ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ދަށުން ހިލޭ ލިބޭނެ މަގު ފަހިކޮށްދީފައިވާއިރު، މުސްތަގުބަލުގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކައިވެނީގެ ކުރިން ހަދަންޖެހޭ ޑީއެންއޭ ޓެސްޓުތައްވެސް މިހާރު ވަނީ އާސަންދައިގެ ދަށުން ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު