ފަޅުތަކާއި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންތަކުގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތައް ބަޔާންކުރާ އައު ގަވާއިދެއް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
މި ގަވާއިދުގެ ދަށުން، 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް ޢަމަލީ މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ބާޠިލުކޮށް އުވާލުމުގެ ބާރު ދައުލަތަށް ވަނީ ލިބިދީފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން އެކުލަވާލި މި ގަވާއިދު އާންމުކުރިއިރު، އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި 168 ތަނެއް އޮތްކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެ ތެރެއިން ބައެއް ރަށްރަށަކީ އޮޕަރޭޝަނަށް ނުގެނެވި 25 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ތަންތަނެވެ.
މީގެ އިތުރުން، މިފަދަ މަޝްރޫޢުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މިފަދަ ބޮޑެތި މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމުގެ ނޭދެވޭ އަސަރު ދައުލަތުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ދަނީ އިންތިހާއަށް ކުރަމުންނެވެ.
އެގޮތުން ދައުލަތުގެ ބަޖެޓަށް ވަންނަންޖެހޭ ޓީ.ޖީ.އެސް.ޓީ އާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ މުހިންމު ޢާމްދަނީތައް މަހްރޫމްވުމުގެ އިތުރުން، އާންމު ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ އެތައް ފުރުޞަތުތަކެއް ވަނީ ހަނިވެފައެވެ.
ދައުލަތުގެ އަގުހުރި ޤުދުރަތީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ދިގު މުއްދަތަކަށް ހުރުމަކީ ޤައުމީ ތަރައްޤީއަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.
މި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެކުލަވާލި މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް (ރީ-ޑިވެލޮޕްމަންޓަށް) ތަން ބަންދުކުރުމުގެ މުއްދަތު ދިނުމުގެ އުޞޫލުތައް ވަނީ ބަޔާންކޮށްފައެވެ.
އަދި ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކުގެ އިތުރުން، ތަރައްޤީނުކޮށް ގިނަ ދުވަސްވެފައިވާ ތަންތަނާމެދު ފިޔަވަޅު އަޅާނެ ޚާއްޞަ އިޖުރާއާތުތަކެއް ވަނީ ކަނޑައަޅާފައެވެ.
އަލަށް ޢަމަލުކުރަން ފެށި ގަވާއިދާއެކު، އުޞޫލުގެ ތެރެއިން ބައެއް ތަންތަނުގެ އެއްބަސްވުންތައް ޓަރމިނޭޓް ކުރެވި، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށިގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ގެއްލެމުންދިޔަ ޢާމްދަނީ އަނބުރާ ލިބެން ފެށުމާއެކު، އާންމު ރައްޔިތުންނަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ދިރުމެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު