ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހާއި އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމާ ގުޅިގެން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 28.73 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 3 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު މި އާމްދަނީއަކީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 27.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ގާތްގަނޑަކަށް 1.69 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ 8.5 އިންސައްތަ އިތުރުވެ، 20.61 ބިލިއަން ރުފިޔާއިން 22.35 ބިލިއަން ރުފިޔާއަށް އުފުލުމެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޓީ.ޖީ.އެސް.ޓީއެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.71 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 3.3 އިންސައްތަ ނުވަތަ 248 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީން 2.35 ބިލިއަން ރުފިޔާ ލިބި، 14.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
އާމްދަނީ ލިބުނު އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 20.4 އިންސައްތަ އިތުރުވެ، 5.60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީ.އެސް.ޓީ އިން ވަނީ 3.68 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް އިން 1.32 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.34 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ހަރުމުދަލުގެ އާމްދަނީ 1.75 ބިލިއަން ރުފިޔާއަށް އުފުލުނު ނަމަވެސް، ޓެކްސް ނޫން ގޮތްގޮތުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.87 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެހެންނަމަވެސް ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާ ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެ، 499.1 މިލިއަން ރުފިޔާއަށް މަތިވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ 17.0 އިންސައްތަ މައްޗަށް ގޮސް، 30.86 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުތަކަށް 26.98 ބިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ޚަރަދުތަކަށް 3.88 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންނަށް ކުރި ޚަރަދު 4.92 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 14.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ޚަރަދު 64.1 އިންސައްތަ މަތިވެ 3.60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް 1.49 ބިލިއަން ރުފިޔާ އަދި ކައުންސިލްތަކުގެ ގްރާންޓަށް 1.68 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އުމްރާނީ ތަރައްޤީގެ ދާއިރާއަށް ބަލާއިރު، އިމާރާތް ކުރުމުގެ މަޝްރޫޢުތަކަށާއި، ބަނދަރު އަދި ފެރީ ޓާމިނަލް ފަދަ ވަސީލަތްތަކަށް ކުރި ހޭދަ އިތުރުވި ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކުގެ މަޝްރޫޢުތަކަށް ކުރި ހޭދަ ވަނީ 36.8 އިންސައްތަ ދަށްވެފައެވެ. ޚަރަދުތައް ބޮޑުތަނުން މައްޗަށް ދިއުމާ ގުޅިގެން، ދަރަންޏާއި އިންޓްރެސްޓް ހިމަނައިގެން ބަލާއިރު ދައުލަތުގެ މުޅި ބަޖެޓުން މިހާރު ދައްކަނީ 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ދެއްކި ނަމަވެސް، ޚަރަދުތައް ބޮޑުވުމުގެ ސަބަބުން މި އަހަރު މާލީ ހާލަތަށް އައި ބޮޑު ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު