މިނިސްޓަރ އަމީން (ކ)، ރައީސް ޔާމީން (މ)، މެންބަރު ޝުޖާއު (ވ)
މިނިސްޓަރ އަމީން (ކ)، ރައީސް ޔާމީން (މ)، މެންބަރު ޝުޖާއު (ވ)
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އަމީން ވިދާޅުވީ، އެއްވެސް ބޭފުޅަކު މެދުވެރި ކުރަށްވައި އެއްވެސް ފަރާތަކަށް މެސެޖެއް ފޮނުއްވަން ދުވަހަކުވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އެފަދައިން އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް ބާވަތެއްގެ މެސެޖެއް ފޮނުއްވުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އިންނެވީ ވަޒީރެއްގެ ހައިސިއްޔަތުން ކަމަށްވާއިރު، އެ ސުވާލަކީ ޒާތީ ކަމަކާ ގުޅޭ ސުވާލެއް ކަމަށެވެ. އަދި މި މައްސަލައިގެ ހަގީގަތް އިތުރަށް ދިރާސާކޮށް، ގޮތް ނިންމުމުގެ ޒިންމާ ނޫސްވެރިންނަށް ދޫކޮށްލަށްވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ޕީއެންސީން އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައި ވަނީ ސަރުކާރުގެ ތިން މިނިސްޓަރަކު އޭނާއަށް ގުޅުއްވައި ރައީސް ޔާމީނަށް މެސެޖުތަކެއް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން، ގައުމީ އެއާލައިނަށް ވައިޑް ބޮޑީގެ ދެވަނަ އެއާކްރާފްޓް ގެނައުމަށް ތައްޔާރުވެފައިވާ ވާހަކަ ރައީސް ޔާމީނަށް ދެންނެވުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެކަމާގުޅިގެން މިނިސްޓަރު އަމީން މިއަދު ވިދާޅުވީ، ގައުމީ އެއާލައިނަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަކީ މުޅި ގައުމާއި އެންމެހައި ރައްޔިތުން ވެސް ފަހުރުވެރިވާންޖެހޭނެ ފަދަ ރަނގަޅު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް