އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދެ ކުންފުނީގެ އިސްވެރިންގެ މެދުގައި ފުރަތަމަ ތައާރަފީ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަށްވާފައިވަނީ ދެ ކުންފުނީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ހިންގުމުގެ ދާއިރާއިން އެންމެ އިސްކަންދޭނެ މުހިންމު ކަންކަމާ މެދުގައި ކަމަށް މިފްކޯ އިން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ކުރިމަގުގައި ދެ ކުންފުނި ގުޅިގެން ކުރިއަށްދެވޭނެ ފުރުސަތުތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ އުފެއްދުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ދެ ކުންފުނި އެކުލަވާލުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދެ ކުންފުނީގެ އިސްވެރިން ގުޅިގެން މަސައްކަތް ކުރުމާ މެދުވެސް މަޝްވަރާ ކޮށްފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެގްރޯނެޓްގެ ދަނޑުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒު ހާސިލުކުރަން ފަސޭހަވުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އޭގެ އިތުރުން، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށްޓަކައި މާލޭގައި ތަރައްޤީކުރާ ޚާއްޞަ މާރުކޭޓު ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް ހަވާލުކުރާނީ މިފްކޯއާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުން އިތުރު ޚަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނެވި ގޮތެއްގައި އާންމުންނަށާއި ވިޔަފާރިތަކަށް އެންމެ ފައިދާހުރި ގޮތުގައި އެތަން ހިންގުމަށް ނިންމެވި ނިންމެވުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު 10ގެ ނިޔަލަށް މި މާރުކޭޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ސަރުކާރުން އެގްރޯނެޓް އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު