މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓަކީ މާލެ ބޭރުގައި ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ އުޅަނދެއް ކަމަށާއި، އެ ސަރަހައްދުގައި އޮތް ދެ ބޯޓަށްވެސް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގެ މޫސުން އާދަޔާ ޚިލާފަށް ގޯސްވެ، ޖެހުނު ބާރު ވަޔާއެކު ބޯޓުގެ ނަގިލި ކަހައިގެން ގޮސްގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހިފައިވަނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ހާދިސާގައި ބްރިޖަށް އެއްވެސް ގެއްލުމެއް ލިބުނުތޯ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.
މި ދެ ބޯޓުގެ ނާޒުކު ހާލަތާ ގުޅޭގޮތުން ބޯޓުގެ ފަޅުވެރިން ވަނީ މިއަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި ވީޑިއޯއެއް އާންމުކޮށްފައެވެ. ވީޑިއޯގައި ބުނާގޮތުން މާލޭގެ ބޭރުގައި އަޅާފައިވާ 'ކޭ.ޖީ 1' އަދި 'އޭ.އެލް 1' ނަމަކަށް ކިޔާ މި ދެ އުޅަނދުގައި އިންޑިއާގެ 20 ފަޅުވެރިން ތިބި އިރު، މީގެ ތެރޭގައި ހިމެނެނީ 'ކޭ.ޖީ 1' ގައި ތިބި 9 ފަޅުވެރިންނާއި 'އޭ.އެލް 1' ގައި ތިބި 11 ފަޅުވެރިންނެވެ. މި މީހުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި ހާލުގައި ޖެހިފައެވެ. ކަނޑުގަދަވެ އުޅަނދުތައް އަޅާފައިވާ ސަރަހައްދު ނުރައްކާތެރިވުމުގެ އިތުރުން، ޒަރޫރީ ސާމާނު ހުސްވެ ފަޅުވެރިންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ.
ވީޑިއޯގައި ބުނާ ގޮތުގައި، މި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޯފެނާއި، ތެލާއި އަދި އެނޫންވެސް ޒަރޫރީ ސާމާނު ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ. މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން މި ހާލަތު އިތުރަށް ގޯސްވެފައިވާއިރު، 'ކޭ.ޖީ 1' ގެ ނަގިލި ވަނީ ކެނޑިފައެވެ. އަދި 'އޭ.އެލް 1' ގެ ނަގިލިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. މީގެ ސަބަބުން ފަޅުވެރިންގެ ފުރާނައަށާއި ކައިރީގައި ހުރި އެހެން އުޅަނދުފަހަރުގެ ސަލާމަތަށްވެސް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރަރސް އޮފް އިންޑިއާ (NUSI) އިން ވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (IMO)، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (ILO)، އިންޓަރނޭޝަނަލް ޓްރާންސްޕޯޓް ވޯކަރސް ފެޑެރޭޝަން (ITF)، އިންޑިއާ ސަރުކާރު، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން އަދި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ހިމެނޭހެން ކަމާބެހޭ ހުރިހާ އިދާރާތަކަކަށް އަވަސް އެހީތެރިކަމަށް އެދި އާދޭސްކޮށްފައެވެ.
އެ ޖަމިއްޔާއިން އެދިފައިވަނީ މި 20 ފަޅުވެރިންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށާއި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނުލިބި ހުރި މުސާރަތައް ހޯދައިދިނުމާއެކު ވީ އެންމެ އަވަހަކަށް އެމީހުން އަނބުރާ ގައުމަށް ފޮނުވައިދިނުމަށެވެ.
އުޅަނދުތަކާ ގުޅޭގޮތުން ގާނޫނީ ނުވަތަ އިދާރީ އެއްވެސް މައްސަލައެއް ހިނގަމުންދިޔަ ކަމުގައިވިޔަސް، އެއްވެސް ކުށެއް ނެތް ފަޅުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުން އެމީހުން މަހްރޫމްކޮށްގެން ނުވާނެ ކަމަށާއި އިންސާނީ ކަރާމާތަށް އިސްކަންދޭންޖެހޭ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. މިފަދަ އިންސާނީ ކާރިސާއެއް ކަނޑުމަތީގެ ބޮޑު ހިތާމަވެރި ހާދިސާއަކަށް ބަދަލުވިޔަނުދީ، ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅު އެޅުން މުހިންމެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ކަސްޓަމްސް އިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު