ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުގައާއި މުހިންމު ނިންމުންތައް ނިންމުމުގެ މަރުޙަލާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ހަމައެކަނި ހަމަހަމަކަން ޤާއިމުކުރުން ނޫން ކަމަށާއި، އެއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ފާހަގަކުރާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ އެ ދުވަހުގެ ޝިޢާރުން ރަމްޒުކޮށްދެނީ ހަމައެކަނި އަންހެނުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ ކުރިއެރުމާއި ލާބައާ ގުޅިފައިވާ ކަމެކެވެ. މީގެއިތުރުން، ޔޫއޭއީ ބިނާކުރުމުގައި އެ ޤައުމުގެ އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ޤައުމުގެ އިސް މަޤާމުތަކުގެ 55 އިންސައްތައަށް ވުރެ ބޮޑުބައި އަދި އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތަކުގެ 70 އިންސައްތަ ހިއްސާކުރަނީ އަންހެނުން ކަމަށެވެ. އަދި މީގެ ތެރެއިން 98 އިންސައްތައަކީ ފަންނީ އަދި ހުނަރުވެރި ވަޒީފާތައްކަން ފާހަގަކުރައްވައި، އިސްލާމީ ޤައުމުތަކުގައި އަންހެނުން ހޯދަމުންދާ ކާމިޔާބީތަކާމެދު ރާއްޖެއިން ފަޚުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް މިހާރު 91 އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި 6 ސަފީރުން ހިމެނޭ ކަމަށެވެ. އަދި ތަޢުލީމީ މައިދާނުން ފެށިގެން އިޤްތިޞާދީ ހަރަކާތްތަކާ ހަމައަށް އަންހެނުންގެ ޙިއްޞާ އިތުރުވެފައިވާއިރު، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އަންހެނުންގެ ޢަޒުމާއި ހުނަރު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ އަންހެން ކުއްޖަކަށްވެސް އުނގެނުމާއި، ލީޑަރޝިޕް ދެއްކުމުގެ ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކިޔަވާ ވިދާޅުވާ ދަރިވަރުން އެކުދިންގެ އަމިއްލަ ޤާބިލުކަމަށް އިތުބާރުކޮށް ކުރިއަށް ދިއުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ފޮރިން މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އަދި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޔޫއޭއީގެ ސަރުކާރަށާއި ވެރިންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ޔޫއޭއީގެ އަންހެނުންގެ ދުވަހަކީ އެ ޤައުމުގެ ކުރިއެރުމުގައި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ޤައުމުގެ ފުރަތަމަ ރައީސްގެ އަނބިކަނބަލުން ޝޭޚާ ފާޠިމާ ބިންތި މުބާރަކްގެ އިސްނެންގެވުމަށް 2015 ވަނަ އަހަރުން ފެށިގެން ކޮލެންޑަރުގައި ފާހަގަކުރަމުން އަންނަ ޚާއްޞަ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު