ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބައެއް އަތޮޅުތަކަށް ރީނދޫ (ޔެލޯ) އެލާޓް ނެރެފިއެވެ.
މޫސުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަންގާރަ ދުވަހާ ހިސާބަށް މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެއެވެ.
އެގޮތުން މިއަދު ހެނދުނު 7:30 އިން 11:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.
މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ކ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު (ވައިޓް) އެލާޓް ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އޮރެންޖު އެލާޓްވެސް ނެރުނެވެ.
އެ ދެ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ހިފާއަންގުއްޖަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ނަމަވެސް ފަހުން އެ ސަރަހައްދުގެ އެލާޓް ވަނީ ރީނދޫ އެލާޓަށް ދަށްކޮށްފައެވެ.
ކުރިއަށް އޮތް ހަފުތާއަކީ ސްކޫލްތަކުގެ މިޑް-ޓާމް ޗުއްޓީ ދުވަސްވަރަށް ވާތީ، ގިނަ ބަޔަކު ދަތުރުފަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މޫސުމީ ރިކޯޑުތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދަށް އެންމެ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ބެލެވެނީ އަންނަ އާދިއްތަ ދުވަހާއި ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު