މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި، ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސް.އެމް.އޭ.އެމް) އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން، 2026 ސެޕްޓެމްބަރު 9 އިން 11 އަށް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިޔަ "ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިންގ" ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 26 ބައިވެރިން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހުގެ ތެރެއިން ކުޅިވަރުގެ މައިދާނުގައި ދިމާވާ އަނިޔާތަކަށް ފުރަތަމަ އެހީ ދިނުމާއި، އަނިޔާގެ ބާވަތްތައް ދެނެގަތުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރުން ސްޕޯޓްސް ޓޭޕިންގއާ ގުޅޭ ތިއަރީ އަދި އަމަލީ ތަމްރީނުތައް ވަނީ ފޯރުކޮށްދީފައެވެ.
ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ސްޕޯޓްސް މެޑިސިން އެސޯސިއޭޝަންގެ ފަރާތުން ސްޕޯޓްސް ފިޒީޝަން އަޙްމަދު ޝަކީބާއި އިކްރާމް ޙަމީދެވެ. މި ބޭފުޅުން ވަނީ ކުޅިވަރުގެ ބޭސްވެރިކަމުގެ ދާއިރާއިން ބައިވެރިންގެ އިލްމީ ގާބިލުކަމާއި އަމަލީ ހުނަރުތައް އިތުރުކުރުމަށްޓަކައި އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.
ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސް.އެމް.އޭ.އެމް) އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް)
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބޭނުންވާ މުހިންމު ހުނަރުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ކުޅިވަރު ޖަމިއްޔާތައް ގުޅިގެން މިފަދަ ތަމްރީނުތައް ހިންގުމަކީ ކުޅިވަރުގެ ތެރެއިން ދިމާވާ ސިއްހީ ނުރައްކާތައް ކުޑަކޮށް، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު