ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތްތައް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.

އެމްޕީއެލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ދިދަނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤް އާއި އެ ކުންފުންޏަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، އާދަމް ވަޙީދެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ އިތުރުން ކަސްޓަމްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިދަނެގުމުގެ ރަސްމިއްޔާތަށްފަހު، އަހަރީ ދުވަހުގެ ޚާއްޞަ ކޭކު ފެޅުމާއި ހެނދުނުގެ ނާސްތާއެއް ވަނީ ބާއްވާފައެވެ. މި ހަފްލާގައި އެމްޕީއެލްގެ 40 އަހަރުގެ ދިގު ދަތުރާއި، މުވައްޒަފުންގެ ބުރަ މަސައްކަތާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކޮށްފައިވެއެވެ.

ވޭތުވެދިޔަ 40 އަހަރުގައި އެމްޕީއެލްއިން ވަނީ، ރާއްޖޭގެ އިޤްތިޞާދަށް ޚިދުމަތް ކުރުމުގައްޔާއި، ރައްޔިތުން ގުޅުވާލަ ދިނުމުގައި ކެނޑިނޭޅި އަގުހުރި މަސައްކަތްތަކެއް ކޮށްފައެވެ. މި މުނާސަބަތުގައި އެމްޕީއެލްގެ އެންމެހައި މުވައްޒަފުންނާއި ޓީމަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް