ކޮވިޑް-19 އަކީ ޕެންޑެމިކެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން އިޢުލާނުކުރުމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލާޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލާޓަށް ބަދަލުކުރަން ޖެހިއްޖެނަމަ ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދެކެވިފައިވާ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓްކުރި މީހުންގެ ތެރެއިން 8 މީހަކު ވަނީ އެ ރޯގާއަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުން ފެނިގެން އަރާފޭބުން ވަގުތީ ގޮތުން މަނާކުރި ބައެއް ރިޒޯޓުތައް މިހާރު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު