މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދޯންޏަށް ދިޔަވާން ފެށުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކަށެވެ. މި ދޯނި އަރިއަޅާލަން މެދުވެރިވީ އޭގައި ބަރުކޮށްފައި ހުރި ލަކުޑިތައް ބަނދެފައިވާ ބެލްޓު ކަނޑައިގެން ދިއުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 ހާއިރުއެވެ.
މިކަމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައި، އެ ސަރަހައްދާ އެންމެ ކައިރީގައި އޮތް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި ދޯނީގެ ބަރުދަން ލުއިކޮށް، ދޯނި އަޑިއަށް ދިޔަނުދީ ސަލާމަތް ކުރުމުގެ ގޮތުން ދޯނީގައި ހުރި ބައެއް މުދާތައް ވަނީ ކަނޑަށް ދޫކޮށްލާފައެވެ.
ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ޖުމްލަ 4 މީހުން ތިބި ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބިދޭސީ އެކެކެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، ދޯންޏަށް ގިނަ އަދަދަކަށް ލޮނު ވަދެފައިވާތީ، ދޯނީގެ ދިޔަގަނޑު ހިއްކުމާއި، ދޯނި ރައްކާތެރި ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު