ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ދައުރާ އަޅާބަލާއިރު، މި ސަރުކާރުން ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ކުރި ހޭދަ ދެގުނައަށްވުރެ އިތުރުކޮށް، އަލަށް ފެށި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ އަދަދު އެތައް ގުނައަކަށް އިތުރުކޮށްފައިވާ ކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްޙީ ދާއިރާއާ ގުޅޭގޮތުން ހުށަހަޅާދެއްވި ސެޝަންގައި ވަޒީރު ވިދާޅުވީ، ނިމިދިޔަ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ސިއްޙީ ދާއިރާއިން ހަވާލުކުރީ 2.62 ބިލިއަން ރުފިޔާގެ މަޝްރޫޢު ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އުމްރާނީ ތަރައްޤީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ފަށާފައިވަނީ 16 ހޮސްޕިޓަލަކާއި 14 ސިއްޙީ މަރުކަޒެއްގެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް މުޅިން އަލަށް 40 ހޮސްޕިޓަލަކާއި 22 ސިއްޙީ މަރުކަޒެއްގެ އަމަލީ މަސައްކަތް ފަށައި، ސިއްޙީ ޚިދުމަތްދޭ ތަންތަން އަޕްގްރޭޑް ކުރުމަށް 89 މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ސިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ވެފައިވާ 478 ވަޢުދުގެ 67 އިންސައްތަ މިހާރު ހާސިލުކުރެވިފައިވާ ކަމަށާއި، މި ދާއިރާގެ ކުރިއެރުމަށް ސަރުކާރުން 244 ނިންމެވުމެއް ނިންމަވައި 835 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ސަރުކާރު އައިއިރު އައިޖީއެމްއެޗްގައި ހަލާކުވެ ބޭނުންނުކުރެވި ހުރި 4 އޮޕަރޭޝަން ތިއޭޓަރު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށްފައިވާ ކަމަށެވެ. އަދި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ޤާއިމުކުރުމުގެ އިތުރުން، ކުރިން އެކަށީގެންވާ ގޮތެއްގައި ބޭނުންނުކޮށް ހުރި ދަރުމަވަންތަ ހޮސްޕިޓަލުގެ ވަސީލަތްތައް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފުރިހަމައަށް ބޭނުންކުރަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ މާލެއާއި އަތޮޅުތަކުގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އަވަސް، ފަސޭހަ އަދި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު