ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ބޭރުގެ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ގުޅުވާލަދިނުމުގެ ގޮތުން، ގައުމީ އެއާލައިން މޯލްޑިވިއަން އާއި ޔޫއޭއީގެ އިއްތިހާދު އެއާވޭސްއާ ދެމެދު މުހިންމު ވިޔަފާރި ގުޅުމެއް ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގައި ދެ އެއާލައިނުން ސޮއިކޮށްފައިވަނީ މިހާރު ދުބާއީގައި ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގެ ތެރެއިންނެވެ.
މި އައު ބަދަހިކަމާއެކު، އިއްތިހާދު އެއާވޭސްގެ 'ގެސްޓް ޕްރޮގްރާމް' ގައި ބައިވެރިވާ މެމްބަރުން އެއްކޮށްފައިވާ ޕޮއިންޓް ނުވަތަ މައިލްސް ބޭނުންކޮށްގެން، މޯލްޑިވިއަންގެ ފްލައިޓުތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓިކެޓް ނެގުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އެތެރޭގެ އުދުހުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގެ ސީދާ ފައިދާ ކުރާނީ ހަމައެކަނި ވެރިރަށް މާލެ ކައިރިއަށް ދަތުރުކުރާ ފަރާތްތަކަކަށް ނޫނެވެ. މާލެއާ ދުރުގައިވާ އަތޮޅުތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުރު ހިތްވަރެއް ލިބި، މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް، ހާއްސަކޮށް ލޯކަލް ޓޫރިޒަމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.

Maldivian and Etihad have signed a new partnership agreement that will enable Etihad Guest members to redeem their Etihad Guest Miles for travel across the Maldivian network.
— MaldivianAero (@MaldivianAero) September 17, 2026
Building on our existing interline partnership with Etihad, the agreement will provide Etihad Guest… pic.twitter.com/gkuPJDMXND
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގެ ސީދާ ފައިދާ ކުރާނީ ހަމައެކަނި ވެރިރަށް މާލެ ކައިރިއަށް ދަތުރުކުރާ ފަރާތްތަކަކަށް ނޫނެވެ. މާލެއާ ދުރުގައިވާ އަތޮޅުތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުރު ހިތްވަރެއް ލިބި، މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް، ހާއްސަކޮށް ލޯކަލް ޓޫރިޒަމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު